ޖެޓު ފިއުލް އަގުހެޔޮ ކޮށްފި

މަތިންދާ ބޯޓަށް އަޅާ ތެޔޮ (ޖެޓު ފިއުލް) ވިއްކާ އަގު ވެލާނާއިންޓަރނޭޝަނަލް އެއާޕޯޓުން ހެޔޮކުރައްވައިފިއެވެ.

އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވިދާޅުވެފައިވަނީ އަގުހެޔޮކޮށް ޖެޓުފިއުލް ވިއްކަން ފަށާނީ ޖެނުއަރީ އެކަކުން ފެށިގެން ކަމަށެވެ.

ޖެނުއަރީ އެކަކުން ފެށިގެން އިންޓަނޭޝަނަލް ބޯޓުތަކަށް ޖެޓް ފިއުލް ލިޓަރެއް ލިބޭނީ 14 ރުފިޔާއަށެވެ. އެއީ 6.91 އިންސައްތައިގެ އަގުހެޔޮވުމެކެވެ. ޑޮމެސްޓިކް ބޯޓުފަހަރަށް ލިޓަރެއް ވިއްކާނީ 14.1 ރުފިޔާއަށެވެ. އެއީ 7.50 އިންސައްތައިގެ އަގުހެޔޮވުމެކެވެ.

އެމްއޭސީއެލް އިން ވިދާޅުވީ ޖެޓުފިއުލްގެ އަގަށް ބަދަލުއައީ މާކެޓުގައި އަގަށް އައިބަދަލާ ގުޅިގެން ކަމަށެވެ. އެންމެފަހުން ޖެޓުފިއުލްގެ އަގަށް ބަދަލުއައިސްފައިވަނީ ޑިސެމްބަރު އެކެއްގައެވެ. އަނެއްކާ އަގުހެޔޮ މިވީ އޭގެ އެއްމަސްފަހުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.