
މަލޭއިން ގަސްކާނާ ހިފައިގެން ކ. ކާށިދުއަށް ދަތުރު ކުރި 85 ފޫޓުގެ ދޯންޏެއް 5 މީހުންނާ އެކު ކ. ގާފަރު ކައިރިއަށް ބަންޑުން ޖަހައިލައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ ގެޓާނޯ 2 ނަމަކަށްކިޔާ ދޯނި ބަންޑުންޖަހައިފައިވަނީ ގާފަރު ކައިރިއަށް ކަމަށެވެ. އެއިން ދަތުރުކުރި 5 މީހުން މިހާރުތުބީ ކައިރީގައޮތް ފަރެއްގެ މަތީގައި ކަމަށެވެ. އެއީ 4 ބިދޭސީންނާއި ދިވެއްސެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. ގާފަރު ކައުންސިލުން މިހާރު ގެންދަނީ އެމީހުންނަށް އެހީވުމުގެ މަސައްކަތް ކުރަމުން ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މިޙާދިސާގެ މަޢުލޫމާތު ސިފައިންނަށް ލިބިފައިވަނީ މިއަދު 2:33 ގައެވެ.
ފަރުމަތީގައި ތިބި މީހުންނަށް އެހީވުމަށް ގާފަރުން އައި ލޯންޗުވަނީ އެމީހުން އެރަށަށް ގެންގޮސްފައެވެ. އަދި އެމީހުން މިހާރުވަނީ އެރަށު ހެލްތު ސެންޓަރަށް ގެންގޮސްފައެވެ.