
އިންތިގާލީ ރައީސަކު ކަނޑައެޅުމުގެ ޙައްޤު މޯލްޑިވްސް ތާޑުވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އަށް ލިބިގެންވާ ކަމަށް އެޕާޓީން ބުނެފިއެވެ.
އެޕާޓީން މިހެން ބުނީ އިންތިޤާލީ ރައީސަކަށް ރާއްޖޭގެ ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބު ހަމަޖެއްސެވުމުން އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވުމުންނެވެ.
ރަޖިސްޓްރީކުރެވިފައިވާ ސިޔާސީ ޕާޓީއެއްގެ ޙައިސިއްޔަތުން ސިޔާސ ޕާޓީތަކުގެ ޤާނޫނުގެ ދަށުން އެމްޓީޑީގެ އަސާސީ ގަވާއިދާ އެއްގޮތަށް އިންތިގާލީ ރައީސަކު ކަނޑައެޅުމުގެ ޙައްޤު އެމްޓީޑީއަށް ލިބިގެންވާ ކަމަށް އެޕާޓީން ބުނެފައިވެއެވެ. އެހެންކަމުން އެމައްސަލައަކަށް "އިލެކްޝަންސް ކޮމިޝަނަކަށް ހުރަހެއް ނޭޅޭނެ" ކަމަށް އެމްޓީޑީސީން ބުނެފައިވެއެވެ. އަދި އިލެކްޝަންސް ކޮމިޝަން ސިޔާސީ ނުވުމަށް ވެސް އެޕާޓީން ވަނީ ގޮވައިލައިފައެވެ.
އެމްޓީޑީގެ އިންތިގާލީ ރައީސަކަށް އަދީބަށް ނުހުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އަދީބަކީ ކުށެއް ސާބިތުވެ 33 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުންދާ ބޭފުޅަކަށްވާތީއެވެ. ޙުކުމެއް ތަންފީޒުކުރަމުންދާ މީހެއްކަމަށްވާނަމަ އެމީހަކަށް ޕާޓީގެ މެމްބަރުކަން ކުރެވިދާނެއެެ.