ތިންސަރަޙައްދެއް ޙިމާޔަތް ކުރުމަށް ނިންމަވައިފި

ރާއްޖޭގެ ތިން ސަރަޙައްދެއް ޙިމާޔަތް ކުރެއްވުމަށް ކެބިނެޓްގެ ލަފާގެ މަތިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމަވައިފިއެވެ.

ޙިމާޔަތް ކުރައްވަން ނިންމެވީ ތިލަދުންމަތީ ދެކުނުބުރީ ކޭލަކުނާއި، އެރަށުގެ ވަށައިގެންވާ ފަރާއި ފަޅުގެ ސަރަޙައްދެވެ. އޭގެ އިތުރަށް އެއަތޮޅުގެ ނޭކުރެންދޫގެ ކުޅި، ފާ، ޗަސްބިން ސަރަޙައްދާއި އަދި ތިލަދުންމަތީ އުތުރުބުރީ ބާރަށުގެ ކުޅި، ފާ، ޗަސްބިން ސަރަޙައްދެވެ.

މިތަންތަން ޙިމާޔަތް ކުރުމަށް ނިންމެވީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ކުރިން ބޭއްވެވި ކެބިނެޓުގެ މަސައްކަތު ބައްދަލުވުމުގައި، ކޭލަކުނާއި އެރަށުގެ ވަށައިގެންވާ ފަރާއި ފަޅުގެ ސަރަޙައްދާއި، ނޭކުރެންދޫގެ ކުޅި، ފާ، ޗަސްބިން ސަރަޙައްދާއި، ބާރަށުގެ ކުޅި، ފާ، ޗަސްބިން ސަރަހައްދުގެ ޤުދުރަތީ މުއްސަނދިކަމާއި، މި ތަންތަން ހިމާޔަތްކުރުމުގެ މުހިންމުކަމާ ބެހޭ ގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ފަންނީ ބޭފުޅުން ކެބިނެޓް މިނިސްޓަރުންނަށް މަޢުލޫމާތު ދެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. މި ތިން ސަރަހައްދަކީވެސް ރާއްޖެއިން އާންމުކޮށް ނުފެންނަ ފަދަ ދިރޭ ތަކެތި ދިރިއުޅޭ ތަންތަންކަން އެ ބޭފުޅުން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.