ޖާސޫސުކުރާ ބޭރު މީހުން ރާއްޖޭގައި އުޅޭކަން އެނގިފައެއްނެތް: ކޯސްޓްގާޑު

ރާއްޖޭގައި ރާއްޖެއިން ބޭރުގެ ޖާސޫސްކުރާ މީހުން އުޅޭކަން ފާހަގަކުރެވިފައި ނުވާކަމަށް ކޯސްޓްގާޑުގެ  ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހައިރު ވިދާޅުވިއެވެ.

ޒުހައިރު މިހެންވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކުކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިބައްދަލުވުމުގައި ޢަލީ ޒުހައިރުވަނީ ރާއްޖޭގައި އޮޕަރޭޓު ކުރަމުންދާ އިންޑިއާގެ ހެލިކޮޕްޓަރާ ބެހޭގޮތުން ވެސް ވާހަކަ ދައްކަވައިފައެވެ. އޭނާ ވިދާޅުވީ ހެލިކޮޕްޓަރު، އޮޕަރޭޓް ކުރަމުންދަނީ ސީދާ އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށުންކަމަށެވެ. ހެލިކޮޕްޓަރު ކުރާ ދަތުރުތަކުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިން ބައިވެރިވަމުންދާކަމަށް ވެސް ވިދާޅުވިއެވެ. އަދި ހެލިކޮޕްޓަރުގެ އެހީގައި ކޯސްޓްގާޑުން ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ކުރިއަށް ގެންދާކަމަށް ވެސް ވިދާޅުވިއެވެ. ހެލިކޮޕްޓަރަށް ކުރަމުންދާ ޚަރަދަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރާ ޚަރަދެއް ކަމަށްވެސް ކޮމާންޑަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.