މުސްތަޤުބަލުގައި އެމްޓީޑީން ވެރިކަން ކުރާނެ: ޔާމީން

މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން މުސްތަގުބަލުގައި ރާއްޖޭގެ ވެރިކަން ކުރާނެ ކަމަށް އެޕާޓީގެ މެމްބަރު ރައްޔިތުންގެ މަޖިލީހުގެ ނ. ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އެޕާޓީން ބޭއްވި ފުރަތަމަ ޢާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ އެމްޓީޑީއަކީ ކުރިއަރައިގެންދާނެ ބޮޑު ޕާޓީއަކަށް ވާނެ ކަމަށެވެ.

ޔާމީން ރަޝީދު ރައްޔިތުންގެ މަޖިލިހަށް ހޮވިވަޑައިގެންފައިވަނީ އެމްޑީޕީގެ ޓިކެޓުގައެވެ. އެހެންނަމަވެސް ފަހުން އޭނާވަނީ ޕީޕީއެމަށް ބަދަލުވެފައެވެ. ޕީޕީއެމުން އެމްޓީޑީއަށް އޭނާ ސޮއިކުރެއްވީ ވަރަށްފަހުންނެވެ.

އެމްޓީޑީގެ މުގުލުގައި ހުންނެވީ ރާއްޖޭގެ ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބެވެ. އަދީބާ ބެހޭ ގޮތުން ޔާމީން ރަޝީދު ވިދާޅުވީ އަދީބަކީ ކުރުމުއްދަތެއްގައި ސިޔާސީ ގޮތުން މަތީފަޑިއަށް ވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ. އަދި ސިޔާސީ މަސައްކަތުގައި އަދީބު ކުރިއަށް ވަޑައިގަންނަވަން ފެއްޓެވުމުން ބަޔަކުވަނީ އޭނާ އިނދަ ޖައްސާލައިފައި ކަމަށް ވެސް ވިދާޅުވިއެވެ. އަދީބަށް އަދަބު ލިބެމުންދަނީ އޭނާ ނުކުރައްވާ ކުށަކަށް ކަމަށްވެސް ޔާމީން ވިދާޅުވިއެވެ. މިވާހަކަތައް ދެއްކިޔަ ނުދޭންވެގެންބަޔަކުވަނީ "އަޅުގަނޑުމެންގެ އަނގައިގައި ތަޅުއަޅުވައިފައި،" ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިވާހަކަ ދެއްކެން ފެށުނީ އެމްޓީޑީން އައިސް އެ ތަޅުދަނޑިން އަނގަ ހުޅުވައި ދިނުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްޓީޑީގެ މުޢައްސިސް އިސްމާޢީލް ޢާޞިފް ވިދާޅުވީ ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބާ ނުލައި އެމްޓީޑީއެއް ނުއޮންނާނެ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.