ރައީސުލްޖުމްހޫރިއްޔާ، އަށް ޑެޕިޔުޓީ މިނިސްޓަރުން ޢައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރުންގެ ނާއިބުގެ މަޤާމަށް 8 ބޭފުޅުން ޢައްޔަން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރ އޮފް ޓޫރިޒަމްގެ ނާއިބުގެ މަޤާމަށް ޢައްޔަން ކުރައްވާފައިވަނީ އދ. މާމިގިލީ ކީރަންމާގެ، އަސްޢަދު ރިޟާއެވެ. އޭނާއަކީ މީގެ ކުރީގައި ގިނަ އަހަރުތަކެއްވަންދެން ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. ކެވެ. އޭގެ އިތުރަށް ރިޟާއަކީ ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް އިން މާސްޓާސް ފެންވަރަށް ތަޢުލީމު ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ .

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ނާއިބުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވީ ލ. ގަން، މަތިމަރަދޫ، ފަޒާ، ފާޠިމަތު ޝަހީދާ އެވެ. އޭނާއަކީ ބެޗެލަރ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ތަޢުލީމު ހާސިލްކުރައްވާފައިވާ ބޭފުޅެއް ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ނާއިބުގެ މަޤާމަށް ރައީސް އައްޔަން ކުރެއްވީ ބ. ތުޅާދޫ، ނީސް،  ޢަބްދުﷲ އަނީސް އެވެ. އޭނާއަކީ ވިޔަފާރީގެ ދާއިރާއިން ތަފާތު އެކި ކުންފުނިތަކާއެކު މަސައްކަތް ކުރައްވާފައިވާ، މިހާރުވެސް އެކައުންޓިންގްގެ ދާއިރާއިން ތަޢުލީމު ހާސިލުކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

މިނިސްޓަރ އޮފް އެންވަޔަރަންމަންޓުގެ ނާއިބުގެ މަޤާމަށް އައްޔަންކުރެއްވީ ގަލޮޅު ހަނިމާދޫއާގެ، އަޙްމަދު ޒިޔާން ޢަބްދުއްރަޙްމާނެވެ. އޭނާއަކީ، ނެޝަނަލް ޑިޕްލޮމާ އިން ހޮޓެލް ކޭޓަރިންގް އެންޑް އިންސްޓިޓިއުޝަނަލް އޮފަރޭޝަންސް ދާއިރާއިން ތަޢުލީމު ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ނައިބުގެ މަޤާމަށް ޢައްޔަން ކުރައްވާފައިވަނީ ނ. ޅޮހި، އޯކިޑުމާގެ، އަޙްމަދު އިބްރާހީމެވެ. އަޙްމަދު އިބްރާހީމަކީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް ގެ އެގްޒެކެޓިވް ކޯޑިނޭޓަރުކަން ކުރައްވައިފައިވާ ނޭޝަނަލް ސްޕޯޓްސް ކައުންސިލްގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެއް ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ނައިބުގެ މަޤާމަށް ޢައްޔަން ކުރެއްވީ ވ. ކެއްކުރި، ވަލީދާ ވަލީދެވެ. އޭނާއަކީ މުނިފޫހިފިލުވުމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރެއްވި ބޭފުޅެކެވެ.

މިނިސްޓަރ އޮފް ހެލްތުގެ ނައިބުގެ މަޤާމަށް ޢައްޔަން ކުރައްވާފައިވަނީ ގއ. ދާންދޫ، ހަނދުވަރީވާދީ، ނިޝާމާ މުޙައްމަދެވެ. ނިޝާމާ މުޙައްމަދަކީ ރާއްޖޭގެ ޞިއްޚީ ދާއިރާގައި ޚިދުމަތްކުރެއްވި ބޭފުޅެއް ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓުގެ ނާއިބުގެ މަޤާމަށް ޢައްޔަން ކުރެއްވީ އއ. ތޮއްޑޫ، ފިނިވާގެ، ޢަލީ ޝާމިން އެވެ. އޭނާއަކީ ބެޗެލަރ އޮފް އާރޓްސް ގެ ދާއިރާއިން ތަޢުލީމު ހާސިލުކުރައްވާފައިވާ ނޫސްވެރިކަމުގެ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.