ޓެކްސީ ޑްރައިވަރުން އިހުތިޖާޖަށް ނުކުމެއްޖެ

މާލެއާއި ހުޅުމާލެއާ ދެމެދު ކުރަމުން އައި ޓެކްސީ ދަތުރުތައް މެދުކަނޑާލުމަށްފަހު ޓެކްސީ ޑްރައިވަރުންނަށް އިހުތިޖާޖަށް ނުކުމެއްޖެއެވެ.

ޓެކްސީ ޑްރައިވަރުން އިހުތިޖާޖަށް ނުކުމެވެފައިވަނީ މާލެއާއި ހުޅުމާލެއާ ދެމެދު ނަގަންޖެހޭ އަގުތައް ކުޑަވެގެން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ބައެއް ޑްރައިވަރުން ބުނެފައިވަނީ ދަތުރުތައް އަލުން ފަށާނީ ޓްރާންސްޕޯޓު މިނިސްޓްރީއާއެކު މަޝްވަރާ ކުރެއްވުމަށްފަހު އެކަށީގެންވާ އަގުތަކަށް އެއްބަސް ވެވުމުން ކަމަށެވެ.

ޓްރާންސްޕޯޓުން ކަނޑައަޅައިފައިވާ އަގަށްވުރެ ބޮޑު އަގުގައި ޑްރައިވަރުން ޓެކްސީ ކުރަމުންދާ މައްސަލަ ޙައްލު ކުރުމަށް ފުލުހުން ވަނީ އިއްޔެއިން ފެށިގެން މަގުތަކަށް ނުކުމެފައެވެ. އަދި އަގުތައް ކުޑަވެގެން ޝަކުވާ ހުށަހެޅުމުން މިނިސްޓަރ ޢާއިޝަތު ނަހުނާ ވިދާޅުވެފައިވަނީ އަލުން އަގުތައް މުރާޖަޢަކުރާވާނެ ކަމަށެވެ. އެކަން ކުރައްވާނީ ޓެކްސީސެންޓަރުތަކާ މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ.

މިނިސްޓްރީން ވިދާޅުވެފައިވަނީ ދަތުރު ފަތުރުކުރުމަކީ އަސާސީ ޙައްގެއް ކަމަށްވާއިރު އެކަން އެކަށީގެންވާ އަގެއްގައި ކުރެވެންޖެހޭނެ ކަމަށެވެ. މަލޭގައި ޓެކްސީ ދަތުރެއް ކޮށްދެނީ ކޮޅަކަށް 25 ރުފިޔާއަށެވެ. އެކަމަށް ޓެކްސީ ޑްރައިވަރުންގެ ޝަކުވާއެއްނެތެވެ. އެހެންނަމަވެސް މާލެއާއި ހުޅުލެއާއި، ހުޅުމާލެއަށް ކުރަމުންދާ ދަތުރުތަކަށް ސަރުކާރުން ކަނޑައަޅައިފައިވާ އަގުތައް ކުޑަކަމަށް ބައެއް ޑްރައިވަރުން ބުންޏެވެ. އެއީ އެތަންތަނަށް ދަތުރުކުރަން ހޭދަވާ ވަގުތާއި ދުރުމިނަށާއި ޕެޓްރޯލްގެ އަގަށް ބަލާއިރު އެކަށީގެންވާ އަގެއް ކަމަށް ޤަބޫލު ނުކުރެވޭ ކަމަށް ޑްރައިވަރުން ބުންޏެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

2 ޚިޔާލު

  1. ޓެކްސީ ތަކަކީ އެމީހުން ގަނެގެން އެމީހުންގެ އަމިއްލަ އަގުބޮޑު މެއިންޓަނަންސް، އަހަރީފީ، ގަރާޖް ފީ، ޕާރކިން ސްޓިކާ، ޓެކްސީ ބޯޑު އަދި ޑްރައިވަރަށް މުސާރަ ދީގެން ގެންގުޅޭ ތަކެތި. ނަގާނެފީ އެނގޭނީ އެމީހުންނަށް. ޑަކްޓަރުން ބަލިމީހުން ބެލުމަށް އާސަންދަ އަދި ބަލިމީހާގެ އަތުންވެސް ކޮންޓްރޯލް ނެތްފަދައިން އަގުނަގަމުން ދުވާލަކަށް 10،000 ހާސް ޖަމާކުރޭ. ކޮބާތޯ ކޮންޓްރޯލް. ޓެކްސީ ނެތިއްޔާ ސަރުކާރު ފެރީ ބަސް ހުންނާނެ ހެޔޮ އަގުގައި.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.