
ޖުޑީޝަރީ އިޞްލާޙު ކުރުމަށާއި ތިމާވެށީގެ މައްސަލަތައް ޙައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ. ދުންޔާ މިހެން ވިދާޅުވީ މިއަދު ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދް ނަޝީދް އާއި ބައްދަލު ކުރެއްވުމަށް ފަހު ކުރެއްވި ޓުވީޓެއްގައެވެ. ދުންޔާ އާއި ނަޝީދު ބައްދަލުކުރެއްވީ މިއަދު އެމްޑީޕީ އޮފީހުގައެވެ.
ދުންޔާ އާއި ނަޝީދުގެ ބައްދަލުވުމުގެ ތަފޞީލެއް އެމްޑީޕީ އިން ހާމަކޮށްފައި ނުވި ނަަމަވެސް ޑިމޮކްރަސީ ހަރުދަނާ ކުރުމާ ގުޅޭ މަޝްވަރާތައް ކުރެވުނު ކަމަށް ދުންޔާގެ ޓުވީޓުގައި އިޝާރާތް ކުރައްވާފައިވެއެވެ. ދުންޔާ ވަނީ މީގެ ކުރިންވެސް ރައީސް ނަޝީދާއި ބައްދަލުކުރައްވާފައެވެ.