ޑރ. ޖަމީލު ވިލިމާލެދާއިރާގެ ގޮނޑއަށް ވާދަކުރައްވަން ނިންމަވައިފި

ރާއްޖޭގެ ކުރީގެ މިނިސްޓަރު އަދި ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރެއްވުމަށް ނިންމަވައިފިއެވެ.

އާފަތިހަށް މަޢުލޫމާތު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނު ކުރިމަތި ލައްވާނީ ވިލިމާލެ ދާއިރާއަށް ކަމަށެވެ. އެމަނިކުފާނު އެދާއިރާއަށް ކުރިމަތި ލައްވަނީ އަމިއްލަ ގޮތުންނެވެ.

އެމަނިކުފާނަކީ ކޯލިޝަންގެ ވަރުގަދަ ބާރެއް ކަމަށްވާ ޖުމްހޫރީޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ އެޑުވައިޒަރެވެ. އެމަނިކުފާނު ވިދާޅުވީ ތަރައްޤީއިން ޙައްޤުވާ މިންވަރު ވިލިމާލެ ރައްޔިތުންނަށް ނުލިބި މާލަސްވެއްޖެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުގެ ވަޢުދުތައް ފުއްދެވުމަށް މަޖިލީސްތެރެއިން މަސައްކަތް ޕުޅު ކުރައްވާނެ ކަމަށެވެ. އެކަން ކުރެއްވުމަށް ކޯލިޝަންގެ މެމްބަރުން މަޖިލީހަށް އިންތިޚާބުވުން މުހިންމު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.