އެމްޓީޑީގެ ފުރަތަމަ ޖަލްސާ ހޯމަދުވަހުގެރޭ ބާއްވަނީ

މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުފެއްދުމަށް ބާއްވާ ފުރަތަމަ ޢާއްމު ޖަލްސާ މިމަހުގެ 24 ވަނަ ދުވަހުގެރޭ  ދަރުބާރުގޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

ޕާޓީ އުފެއްދުމަށް އިސްކޮށް ޙަރަކާތްތެރިވާ އިސްމާޢީލް ޢާޞިފް ވިދާޅުވީ ޖަލްސާ އޮންނާނީ އެރޭ 9:00 ގައި ކަމަށެވެ. އެ ޖަލްސާއަކީ ޤާނޫނީ ގޮތުން ބާއްވަންޖެހޭ ޚާއްސަ ޖަލްސާއެކެވެ. ޖަލްސާގައި ޕާޓީގެ ވަރަށްގިނަ ކަންކަން ނިންމާނެއެވެ. އޭގެ ތެރޭގައި ޕާޓީގެ ޢަސާސީ ޤަވާޢިދާއި، ލޯގޯ ފާސް ކުރުން ހިމެނެއެވެ.

ޖަލްސާއަށްފަހު ޕްރެސް ކޮންފަރެންސެއް ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ޢާޞިފް ވިދާޅުވިއެވެ.

އެ ޕާޓީ އުފެއްދުމަށް ބޭނުންވާ ޢަދަދަށް މީހުންގެ ހަމަކޮށް 3333 މީހުންގެ މެމްބަރޝިޕް ފޯމް އެޕާޓީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ޑިސެމްބަރު 18 ވަނަ ދުވަހުއެވެ.  އެޕާޓީއަށް ވަރަށްގިނަ މީހުން މިހާރުވަނީ ސޮއިކުރައްވައިފައެވެ. އޭގެތެރޭގައި ސިޔާސީ ތަޖުރިބާކާރުންނާއި ޒުވާނުންވެސް ހިމެނެއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.