ސަތޭކަށްވުރެ ގިނަ ކޮންސްޓްރަކްޝަން ސައިޓްތައް ޗެކްކޮށްފި

ކޮންސްޓްރަކްޝަން މަސައްކަތްކުރަމުންދާ ތަންތަނުގެ ސަލާމަތީކަންކަން ބެލުމަށް މިހާރު ހިންގަމުންދާ ހަރަކާތުގެ ދަށުން 102 ތަން ބަލައިފި ކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްސްޓްރަކްޗަރ އިން ވިދާޅުވެއްޖެއެވެ.

މިނިސްޓްރީން ވިދާޅުވެފައިވަނީ އޭގެ ތެރެއިން 25 ތަނެއްގައި އެއްވެސް މައްސަލައެއްނެތް ކަމަށެވެ. 70 ތަނެއް ރަނގަޅު ކުރަންޖެހޭ ކަމަށާއި 7 ތަނެއް މީހާރުން މިހާރަށް ރަނގަޅު ކުރަންޖެހޭ ކަންކަން ފާހަގަވެފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މާލޭގެ ކޮންސްޓްރަކްޝަން ސައިޓުތަކުގެ ސަލާމަތީ ކަންކަން ބައްލަވަން ސަރުކާރުން ފަށްޓަވައިފައިވަނީ ހަދަމުން ދިޔަ ޢިމާރާތެއްގެ 5 ވަނަ ބުރިން ވެއްޓުނު ސިމެންތި ބަސްތާއަކުން 7 އަހަރުގެ ކުއްޖެއްގެ ގައިގައި ޖެހި ލިބުނު އަނިޔާއަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވުމާ ގުޅިގެންނެވެ.

އެ ޙާދިސާ ހިނގުމާއެކު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ތަންތަނުގެ ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަމުރު ކުރައްވައިފައެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.