ދޯންޏެއްގެ ފަލުކާ ސާފުކުރަން ފޭބި ދެމީހަކު ނޭވާހާސްވެ ހާލުބޮޑުވުމުން އެހީތެރިވާންފަށައިފި

މަސްވެރިކަމަށް ނުކުމެ އުޅުނު މަސްދޯންޏެއްގެ ފަލުކާ ސާފުކުރަން ފޭބި ދެ ފަޅުވެރިއަކު ނޭވާލާން އުނދަގޫވެ ޙާލުބޮޑުވުމުން ސިފައިން އެހީތެރިކަން ފޯރުން ކޮށްދޭން ފަށައިފިއެވެ.

ހއ. ތުރުކުނު ހުޅަނގުން 12 ނޯޓިކަލްމޭލު ބޭރުގައި އޮތް ބ. ތުޅާދޫ އާކު ދޯނީގެ ވަތަށް ފޭބި ދެމީހުންނަށް އެހީވުމަށްޓަކައި ހއ. ހޯރަފުށީ ސީ އެމްބިޔުލާން މިހާރުދަނީ އެ ދޯންޏާ ދިމާއަށް ދަތުރުކުރަމުން ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. ޙާލުބޮވެފައިވަނީ ދެ ދިވެހިންކަމަށާއި އެމީހުންނަށް އެހީވާން ދަތުރުކުރަމުންދާ ސީ އެމްބިޔުލާންސްގައި މެޑިކަލް ޓީމެއްވެސް ދަތުރުކުރަމުންދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެދޯނިއޮތް ސަރަޙައްދަށް ގޮސް ސީއެމްބިޔުލާންސްވަނީ ޙާލުބޮޑުވި ދެމީހުން ހއ. ދިއްދުއަށް ގެންގޮސްދީފައެވެ. ޙާލުބޮޑުވި ދެ ދިވެހިން ގެންދަން ކުރިން ހަމަޖެހިފައިއޮތީ ހޯރަފުށްޓަށެވެ. އެހެންނަމަވެސް ދިއްދުއަށް ގެންދިޔައީ ސީއެމްބިޔުލާންސްގައި ހުންނެވި ޑޮކްޓަރުގެ ލަފާގެ މަތިން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެދެމީހުން ދިއްދުއަށް ގެންގޮސްފައިވަނީ މިރޭ 20:35 ހާއިރުއެވެ.

މިޙާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައިވަނީ އިރުއޮއްސި 6:40 އެހައިކަންހާއިރު ކަމަށް ވެސް ސިފައިންވަނީ ވިދާޅުވެފައެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.