ދިގު މުއްދަތުގެ ވިސާގައި އިންޑިއާގައި ދިރިއުޅޭ ދިވެހީންނަށް އާސަންދަ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތެއް: ރައީސް

ފޮޓޯ: ރައީސް އޮފީސް

އިންޑިއާގައި ދިގު މުއްދަތުގެ ވިސާގައި ދިރިއުޅޭ ދިވެހީންނަށް އާސަންދައިގެ ޚިދުމަތް ފޯރުކޮށް ދެއްވުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމުގައި ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިއާ އަށް ކުރައްވަމުން ގެންދަވާ 3 ދުވަހުގެ ރަސްމީ ދަތުރުފުޅުގައި އާދީއްތަ ދުވަހު އިންޑިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި ދެއްކެވި ވަހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުމުގައި މިހާރު ދިވެހިންނަށް އިންޑިއާ އަށް ދިއުމަށް ފަސޭހައިން ވިސާ ލިބޭނޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އޭގެއިތުރުން މަތީ ތަޢުލީމް ޙަޞިލްކުރުމަށް ބޭނުންވާ ދަރިވަރުންނަސް އިންޓްރެސްޓް ކުޑަ ލޯނު ފަސޭހައިން ލިބޭނޭ ފުރުޞަތު ހުޅުއްވައިލާނެ ކަމަށް ވެސް ރައީސް ވިދަޅުވިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.