ޤާނޫނުގެ ކުރިމަތީގައި އެންމެން ހަމަވާނެ ކަމަށާއި ކުރެވޭ ތުހުމަތު ތަކަށް ޖަވާބުދާރީ ވާނ ޖެހޭނެ ކަމަށް ހޯމް މިނިސްޓަރ ޝައިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އަދި ޤާނޫނުގެ ބާރ އެންމެންގެ މައްޗަށް ހިންގާނެ ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު މިއަދު ޓުވީޓު ކުރައްވާފައި މިވަނީ ކެންޕޭން ތެރޭގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބދުލްޤައްޔޫމް ގެ އެކައުންޓަށް ޖަމާވި ފައިސާ އާއި ގުޅިގެން ހިންގާ ތަހުގީގަށް އެމަނިކުފާނު ފުލުހުން ޙާޒިރު ކުރަން ހަމަޖެހިފައިވަ ދަނޑިވަޅެއްގައެވެ.
މިނިސްޓަރ ގެ ޓުވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ ރައްޔިތުންނަށް ލިބިފައިވަ އަނިޔާތަކަށް އިންސާފު ހޯދުމާއި، ރައްޔިތުންެގެ މާލިއްޔަތުން ނުޙައްޤު މަގުން ގެެއްލިފައިވާ މުއްސަނދިކަން އަނބުރައި ހޯއްދެވުމަކީ ބޮޑު އަމާޒެއް ކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ކޮރަޕްޝަންގެ ބޮޑެތި ކަންތައްތަކެއް ހިނގާފައިވާ އިރު އެމަނިކުފާނަށް ވެސް ބޮޑެތި ތުހުމަތު ތަކެއް ދަނީ ކުރެވެމުންނެވެ.
Rayyithunnah libifaivaa aniyaathakah insaafuhodhumaai, rayyithunge maaliyyathun nuhaqqumagun gellifaivaa mussandhikan anburaahodhumakee bodu amaazeh.
Qaanoonge kurimatheega emmen hamahamavaane.
Qaanoonge baaru emmenge machah hingaane.
Thuhumathuthakah jawaabdhaareevaan jeheyne!— Imran Abdulla (@ShimranAb) December 15, 2018