ރާއްޖޭގެ ކުރިމަގު އޮތީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއެކު ކަމަށް ޕީޕީއެމުން ބުނެފިއެވެ.
ޕީޕީއެމްގެ ނާއިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މަޖިލިސް މެމްބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ރައީސް ޔަމީނަކީ ޤައުމަށް ޚިދުމަތް ކޮށްދެއްވައިފައިވާ ޚިދުމަތްތެރި އަދި މުސްތަޤުބަލްއޮތް ބޭފުޅެއް ކަމަށެވެ.
އޭނާ ވިދާޅުވީ "މާދަމާ އެހެންނަމެއް ކިޔަސް" ރާއްޖޭގައި މުސްތަޤުބަލެއް އޮތް ޕާޓީއަކީ ވެސް ޕީޕީއެމްގެ ފިކުރާއި އެޕާޓީ ކަމަށެވެ.
ނިމިގެންދިޔަ ރިޔާސީ އިންތިޚާބު "އޮޅުވާލިޔަސް" އޮޅުވައި ނުލެވުނު ނުވަދިހަ ހަ ހާސް މީހުން އަދިވެސް ރައީސް ޔާމީންގެ ފަހަތްޕުޅުގައި އެގޮތުގައި އެބަތިއްބެވި ކަމަށް ވެސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.
މިއަދަކީ ރައީސް ޔާމީންގެ މައްޗަށް ކުރެވޭ ތުހުމަތުތަކެއްގައި އެމަނިކުފާނު ޕުލުހުސް އޮފީހަށް ހާޒިރުވެ ވަޑައިގެންނެވުމަށް އަންގަވައިފައިވާ ދުވަހެއެވެ. ޢަބްދުއްރަޙީމް ވިދާޅުވީ ރައީސް ޔާމީން ހުންނެވީ ވަރަށް ސާބިތުކަމާއެކީ ފުލުހުންގެ ސުވާލުތަކަށް ފުރިހަމަށް ޖަވާބުދެއްވަން ތައްޔާރަށް ކަމަށެވެ.
"ޤާނޫނީ އިމުގެ ތެރެއިން ރައީސް ޔާމީން ބަންދެއް ނުކުރެވޭނެ. އެމަނިކުފާނު ޤާނޫނާ ޚިލާފު ކަމެއް ކުރައްވައިފައެއް ނޯންނާނެ. ހެދިފައިހުރި ޤާނޫނުތަކާއި ޤާނޫނު ޢަސާސީއާ އެއްގޮތަށް އެމަނިކުފާނު ޢަމަލުކުރައްވައިފައިވާނީ. ހައްޔަރު ކުރަންޏާ ކުރަންވާނީ ސިޔާސީ ބޭނުމަކަށް ޒާތީކަމެއްގައި،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ރައީސް ޔާމީނަކީ ފަހުގެ ތާރީޚުގައި ދިވެހި ޤައުމަށް އެހެން ވެރިއަކު ގެނެސްދެއްވައިފައި ނުވާވަރުގެ ތަރައްޤީ ގެނެސް ދެއްވައިފައިވާ ވެރިއެއް ކަމަށާއި އެފަދަ ވެރިއަކު ހިފައި ހައްޔަރު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
އެހެންތަ ! މަހީކުރީ އޭތި އޮތީ އަދުރޭއާއެކީ ކަމަށް