ދުނިޔޭގެ އެންމެ އަގު ބޮޑު މޮޑެލް އަކަށް ކެންޑޯލް ޖެނަރ

އުމުރުން 23 އަހަރުގެ ކެންޑޯލް ޖެނަރ އަކީ ކަރްޑޭޝިއަން އާއިލާގެ މީހުންގެ ތެރެއިން އެންމެ ބޮޑު އަގުގައި މަސައްކަތް ކުރާ މީހާއަށް ނުވެދާނެއެވެ. ނަމަވެސް އޭނާ އަކީ ދުނިޔޭގެ މޮޑެލުންގެ ތެރެއިން އެންމެ ބޮޑު އަގުގައި މޮޑެލް ކުރަނީ އޭނާ އެވެ. 2018ވަނަ އަހަރު މޮޑެލްކޮށްގެން ކެންޑޯލް ވަނީ 22.5 މިލިއަން ޑޯލަރު އާމްދަނީގެ ގޮތުގައި ހޯދާފައެވެ.

ކެންޑޯލްގެ ކޮއްކޮ ކައިލީ ޖެނަރ އަށް އެ މުއްދަތުގެ ތެރޭގައި އާމްދަނީގެ ގޮތުގައި 166.5 މިލިއަން ޑޮަލަރު ލިބިފައެވެ. އެއީ އޭނާގެ ކޮސްމެޓިކްސް ލައިން، ކައިލީ ކޮސްމެޓިކްސް އިން ލިބުނު އާމްދަނީ އެވެ. ނަަމަވެސް މޮޑެލް ކޮންޓްރެކްޓް ތަކުން ދައްތަ ކެންޑޯލް އަށް ކައިލީ އަށްވުރެ ބޮޑު އާމްދަނީ އެއް ލިބި 2018ވަނަ އަަހަރުގެ އެންމެ އަގު ބޮޑު މޮޑެލް އަކަށް އޭނާ ލިސްޓު ކުރެވުނީ އެވެ. ކެންޑޯލް އަށް ބޮޑު އާމްދަނ އެއް ލިބިފައިވަނީ އެސްޓީ ލޯޑަރ އާއި އެޑިޑަސް އާއި ކެލްވިން ކްލައިން ފަދަ ބްރޭންޑް ތަކަަށް މޮޑެލްކޮށްދީގެންނެވެ.

މޮޑެލްކޮށްގެން މީގެ ކުރީން އެންމެ ބޮޑު އާމްދަނީ އެއް ކެރިއަރުގައި ހޯދާފައިވަނީ ސުޕަރ-މޮޑެލް ކާރލީ ކްލޮސް އެވެ. އޭނާގެ ކެރިއަރުގެ ދިހަ އަހަރުގެ ތެރޭގައި މޮޑެލްކޮށްގެން އެންމެ ބޮޑު އާމްދަނީ އަކަށް އޭނާ އަށް ލިބިފައިވަނީ 13 މިލިއަން ޑޮލަރެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.