
އިތުރު ދެ މިނިސްޓްރީއަކަށް ޑެޕިޔުޓީ މިނިސްޓަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އައްޔަން ކުރައްވައިފިއެވެ.
އެގޮތުން މިނިސްޓަރ އޮފް އެޑިއުކޭޝަންގެ ނާއިބުގެ މަގާމަށް އައްޔަން ކުރައްވައިފައިވަނީ ގއ. ވިލިނގިލި، އަލަދަޑިއާގެ ޝަރުމާ ނަޞީރެވެ. އަދި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނާއިބުގެ މަގާމަށް އައްޔަން ކުރައްވައިފައިވަނީ ގދ. ތިނަދޫ، ގީނާ، އަޙްމަދުﷲ ޖަމީލެވެ.
މި ދެބޭފުޅުން އައްޔަން ކުރެއްވުމުން މިސަރުކާރުގެ ފާއިތުވި މުއްދަތުގައި އައްޔަން ކުރެއްވި ޑެޕިޔުޓީ މިނިސްޓަރުންގެ ޢަދަދު 10 އަށް އެރީއެވެ.
މި ސަރުކާރަށް 39 ސްޓޭޓް މިނިސްޓަރުންނާއި 50 ޑެޕިއުޓީ މިނިސްޓަރުން އައްޔަން ކުރަން ވަނީ ހަމަޖައްސަވައިފައެވެ. މިހަތަނަށްވަނީ 29 ސްޓޭޓް މިނިސްޓަރުން އައްޔަން ކުރައްވައިފައެވެ.