ތިން މިނިސްޓްރީއަކަށް ނާއިބުން އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިތުރު ތިން ޑެޕިޔުޓީ މިނިސްޓަރުން އައްޔަން ކުރައްވައިފިއެވެ.

އެ ތިން ބޭފުޅުން އަޔަން ކުރައްވައިފައިވަނީ މިނިސްޓަރ އޮފް ޓޫރިޒަމުގެ ނާއިބުގެ މަޤާމަށް މއ.އަމީނީވިލާ، ޑޮކްޓަރ ނައުޝާދު މުޙައްމަދާއި، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުގެ ނާއިބުގެ މަޤާމަށް ސ.ހިތަދޫ، ކޯޒްވޭވިލާ ހިދާޔާ ނަޞީރާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒުގެ ނާއިބުގެ މަޤާމަށް ދ.މާއެނބޫދޫ، މޫރިތި، ޢަބްދުﷲ ހުމައިދެވެ.

މި ބޭފުޅުންނާއެކު ރައީސް ޑެޕިޔުޓީ މިނިސްޓަރުންގެ ޢަދަދު 8 އެރީއެވެ. މިސާރުކާރަށް 50 ޑެޕިޔުޓީ މިނިސްޓަރުން އައްޔަން ކުރައްވާ ގޮތަށް ވަނީ ނިންމަވައިފައެވެ. މިސަރުކާރުގެ ސިޔާސީ މަޤާމްތައް ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރަށްވުރެ މަދުވާނެ ކަމަށް މި ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.