ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރާއިރު އަޅުގަނޑުމެން އެކަކު އަނެކަކުގެ ހިތްތަކުގައި އިސްލާމީ އުޚުއްވަތްތެރިކަމާއި ލޯބި އަށަގެންނެވުމަށް ހުރިހާ ރައްޔިތުންނަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދް ޒާހިރް އިލްތިމާސް ކުރައްވައިފިއެވެ. އެމަނިކުފަނު މިކަމަށް އިލްތިމަށް ކުރެއްވީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބާގައި ހޯމް މިނިސްޓްރީ އިން އާދީއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވަހަކަފުޅު ދައްކަވަމުންނެވެ.
މިރޭގެ ޖަލްސާގަި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އިސްލާމީ ޢަޤީދާ ވަރުގަދަކޮށް މުޖްތަމަޢުގެ އެއބައިވަންތަކަން އިތުރު ކުރުމަށް ޢަޒުމް ކަނޑައަޅަން ޖެހޭ ކަމަށެވެ. "އިސްލާމްދީނަކީ ސަމާޙަތްތެރި ކަމުގެ ދީން. އެހެންކަމުން އެކަކު އަނެކަކަށް މަޢާފުކޮށް އެކަކަު އަނެކަކާއި ދެމެދު އޮންނަ ގުޅުން ބަދަހިކުރެވޭތޯ މަސައްކަތް ކުރަން އެބަޖެހޭ. ޝައްކެތް ނެތްގޮތުގައި އެކަކު އަނެކަކުގެ ހިތްތަކުގައި އިސްލާމީ އުޚުއްވަތްތެރިކަމާއި، ލޯބި އަށަގެންނެވުމަށް ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަން. މިނިސްޓަރ ވިދާޅުވިއެވެ.
ﷲ ސުބްޙާނަހު ވަތައާލާ އިންސާނުންނަށް ވަރަށް ގިނަ ނިޢުމަތްތަކެއް ވާކަން ފަހަގަކުރައްވަމުން ކީރިތި ޤުރްއާނުން ދަޅިލު ދައްކަވަމުން އަޅުގަނޑުމެންނަށް ދެއްވާފައިވާ އެންމެ މަތިވެރި ނިޢުމަތަކީ އިސްލާމް ދީނުގެ ނިޢުމަތް ކަން ފާހަގަކުރެއްވިއެވެ. އަދި ނިޢުމަތްތަކަށް ޝުކުރު އަދަ ކރުމުގެ މައްޗަށް އަލިއަޅުއްވައި ލެއްވިއެވެ. އެގޮތުން މާތްވެގެންވާ އިސްލާމްދީން އިންސާނާގެ އެތެރެފުށާއި ބޭރުފުށް އިޞްލާޙު ކުރެވޭކަމަށެވެ. އެތެރެފުށަކީ އިންސާނާގެ ހިތް ކަމާއި އަޅުގަނޑުމެންގެ ހިތް ﷲއަށް ޚާލިޞް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
އަދި ބޭރުފުށް އިޞްލާޙު ކުރުމަކީ އިންސާނާގެ ގުނަވަންތަކުން ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ކިޔަމަންތެރިކަން އަދާ ކުރުމާއެކުން ގުނަވަންތަކުން ތިމާގެ އަޚުންނަށް އުނދަގޫ ނުކުރުމާއި އަޚުން ސަލާމަތް ކުރުންކަމަށް ވެސް ވިދާޅުވިއެވެ. އިންސާނާ އަކީ ވަރށޤ ނިކަމެތި، ބަލިކަށި މީހެއް ކަން ފާހަގަ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ ތިމާއަށް ލިބޭ ނިޢުމަތްތަކާއި، ތަނަވަސްކަން އަދި މޮޅުކަމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ދެއްވާ ނިޢުމަތްކަން ދަނެ އެކަމަށް އަބަދުވެސް ޝުކުރެވެރިވާން ޖެހޭނެއެވެ.
މިނިސްޓަރގެ ވާހަކަފުޅު ނިންމަވާ ލެއްވީ އަޅުގަނޑުމެންގެ ތަރައްޤީ އާއި ކުރިއެރުން ބިނާވުން އޮތީ އެކުވެރިކަމާއި އެއްބައިވަންތަ ކަމުގެ މައްޗަށްކަން ފާހަގަކުރައްވަމުންނެވެ.
މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދް ޞާލިޙް އާއި ނައިބް ރައިސް ފައިސަލް ނަސީމް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް އާއި ކުރިގެ ރައީސް އަލްއުސްތާޒް މައުމޫން ޢަބްދުލްޤައްޔޫމް އާއި ދައުަލތުގެ ވަޒީރުން ބައިވެިރވެ ވަޑައިގެންނެވިއެވެ.