ހޯމްމިނިސްޓަރާއި ސީޕީ ކުޑަހުވަދުއަށް ވަޑައިގެންފި

ހޯމް މިނިސްޓަރު އައްޝައިޚް ޢިމްރާން ޢަބްދުﷲ އާއި، ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) ޙަމްދޫން ރަޝީދު ދ. ކުޑަހުވަދުއަށް ވަޑައިގެންފިއެވެ.

އެދެބޭފުޅުވަނީ އެރަށަށް ވަޑައިގެން ފުލުހުންނާ ބައްދަލު ކުރައްވައި ފުލުހުންނަށް ދިމާވާ މައްސަލަތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފައެވެ. އޭގެ އިތުރަށް ކުޑަހުވަދޫ ކައުންސިލާއި، ދ. އަތޮޅު ކައުންސިލާ އެބޭފުޅުންވަނީ ބައްދަލު ކުރައްވައިފައެވެ.

ހޯމް މިނިސްޓަރ ޢިމްރާނާއި ސީޕީ ޙަމްދޫން ގެންދަވަނީ ރަށްރަށަށް ވަޑައިގެން އެރަށްރަށުގައި ގާއިމްވެ ތިއްބަވާ ފުލުހުންނާއި ކައުންސިލްތަކާ ބައްދަލު ކުރައްވަމުންނެވެ.

މި ދެބޭފުޅުން ކުރިންވަނީ އިތުރު ރަށްރަށަށް ވަޑައިގެން ފުލުހުންނާ ބައްދަލު ކުރައްވައިފައެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.