އެންދަމަން ފީނި މީހުންގެ ތެރެއިން ޙާލުބޮޑުވި އެކަކު މާލެ ގެންގޮސްފި

ހުވަދުއަތޮޅު ދެކުނުބުރީ "އައުޓްރިގާ ކޮނަންޓާ މޯލްޑިވްސް ރިސޯރޓް" ކައިރީގައި އެންދަމަން އުޅުނު "ހުޝިޔާރު" ދޯނިން އެންހިފަން ވައިފުޅި އަޅައިގެން ފޭބި މީހުންގެ ތެރެއިން 24 އަހަރުގެ ޝާކިރު މާލެ ގެންގޮސް އައިޖީއެމްޗުގައި ފަރުވާދޭން ފަށައިފިއެވެ.

އޭނާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދޭން ފަށައިފައިވަނީ އިރުއޮއްސި 6:45 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. ކުރިން ހަމަޖެހިފައިއޮތީ އޭނާ ބަނޑޮސް އައިލެންޑް ރިސޯޓަށް ގެންގޮސް އެތަނުގެ ޗެމްބަރަށްލައިގެން ފަރުވާދޭ ގޮތަށެވެ. އެހެންނަމަވެސް ފަހުން އެގޮތް ބަދަލުކޮށް މިހާރު ގެންދަނީ އޭނާއަށް އައިޖީއެމްއެޗުން ފަރުވާ ދެމުންނެވެ.

މިޙާދިސާގައި އެންހިފަން 4 މީހުން ފުޅިއަޅައިގެން ފީނިއެވެ. އޭގެ ތެރެއިން ޙާލު ދެރަވެ ގދ. ތިނަދޫ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން ފަރުވާ ހޯދުމަށް ގެންދިޔައީ ތިން މީހުންނެވެ. އޭގެ ތެރެއިން އެކަކު މަރުވެފައެވެ. އަނެއްމީހާގެ ޙާލު ރަނގަޅު ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.