ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް ސަމީރު ޢައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު ކަމަށް މިއަދު ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ.

ރައީސް އިބްރާހީމް މުޙައްމަމަދު ޞާލިޙު މި މަޤާމަށް ޢައްޔަން ކުރެއްވީ މ. ފީރޯޒްވިލާ، އަޙުމަދު ސަމީރެވެ. އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރުކަން ކުރައްވައިފައިވާ ބޭފުޅެކެވެ. މި މަމަޤާމަށް ޢައްޔަން ކުރެއްވި އިރު ހުންނެވީ ޖުމްހޫރީޕާޓީގެ ސެކްރެޓަރީޖެނެރަލްގެ މަޤާމުގައެވެ.

 އަޙްމަދު ސަމީރު މަޤާމަށް ޢައްޔަނު ކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މީގެ ކުރިން ރައީސް ވަނީ ރައީސް އޮފީހުގެ މިނިސްޓަރުންނަށް ޢަލީ ޙާޝިމާއި، އަޙުމަދު ނަސީމާއި، މުޙައްމަދު ޝިފާޒު ޢައްޔަން ކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.