ކޮރަޕްޝަންގެ މައްސަލަތައް ބަލައި، ދައުލަތަށް ގެއްލިފައިވާ ފައިސާތައް ހޯދުމަށް ރައީސް އުފައްދަވައިފައިވާ "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އަށް އައު މެމްބަރަކު އައްޔަން ކުރައްވައިފިއެވެ.
އެ ކޮމިޝަނަށް އަލަށް އައްޔަން ކުރެއްވީ މ. މިރުސްގަސްދޮށުގޭ އާމިނަތު ޙަސަނެވެ. އާމިނަތު ޙަސަނަކީ މީޑިއާ ކައުންސިލްގެ މެމްބަރުކަން ކުރައްވައިފައިވާ ބޭފުޅެކެވެ. ކޮމިޝަންގެ މެމްބަރަކަށް އޭނާ އަންޔަން ކުރެއްވީ ކުރިން އެކޮމިޝަންގެ މެމްބަރަކަށް އައްޔަން ކުރެއްވި ޢާއިޝަތު ހަނާ ވަޙީދު އެ މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ.
ކޮރަޕްޝަންގެ މައްސަލަތައް ބަލާ ކޮމިޝަންގެ އިތުރަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ވެސް ރައީސް ވަނީ ކޮމިޝަނެއް އުފަދަވައިފިއެވެ. އެ ދެކޮމިޝަނަށް ޤާނޫނީ ބާރު ދެއްވުމަށް މިހާރުވަނީ މަޖިލީހަށް ހުށަހަޅުއްވައި އެމައްސަލަ ކޮމިޓީއަށް ފޮނުވައިފައެވެ.
އެހެންނަމަވެސް މި ދެކޮމިޝަންނަށް ޤާނޫނީ ބާރުދިނުމަށް އިދިކޮޅު ޕީޕީއެމުން ދެކޮޅު ހަދައެވެ. އެޕާޓީން ބުނެފައިވަނީ މިއީ އެޕާޓީން ވެސް ތާއިދު ކުރާ ކަމެއް ކަމަށެވެ. އެހެންނަމަވެސް ވަކި ތާރީޚަކުން ފެށިގެން މައްސަލަތައް ބަލަން އޮތުމަކީ ބަލައިގަންނެވޭނެ ކަމެއް ނޫންކަމަށް އެޕާޓީގެ މެމްބަރުން ވަނީ ވިދާޅުވެފައެވެ. އެއްވެސް ތާރީޚެއް ނުޖަހާ ހުރިހާ މައްސަލަތައް ބަލާގޮތަށް ހަމަޖެއްސެވުމަށް ވެސް އެޕާޓީގެ މެމްބަރުން ވަނީ ގޮވައިލައްވައިފައެވެ.
އޭ.ސީ.ސީ.ގެ ޤާނޫނީ ދައުރު ހަނިކުރައްވާ ރައްޔިތުންގެ ފައިސާއިން މުސާރަދެއްވާ އިތުރު ކޮމިޝަނެއް އުފެއްދުމަކީ ސުވާލު އުފެދޭކަމެއް