ފުލުހުން މާލޭގައި ރޭ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 7 ކިލޯގެ މަސްތުވާތަކެއްޗާއެކު ޢުމުރުން 38 އަހަރުގެ ފިރިހެނަކު ބަންދުކޮށްފިއެވެ.
މިކަމާ ބެހޭ ގޮތުން އިތުރު ތަފްސީލެއް ފުލުހުން އަދި ދެއްވައިފައެއް ނުވެއެވެ. ފުލުހުން ވިދާޅުވެފައިވަނީ މި ކަމާބެހޭ އިތުރު މަޢުލޫމާތު ފަހުން ހާމަކުރައްވާނެ ކަމަށެވެ.
ރާއްޖޭގައި މަސްތުވާތަކެތި ހުއްޓުވުމާއި މަރާމާރީން ހިންގުންފަދަ ކަންކަން ކޮންޓްރޯލް ކުރުމަށް އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ. އެފަދަ މައްސަލަތަކަކީ ފުލުހުން ވަރަށް ސީރިއަސްކޮށް ބަލަމުން ގެންދޭނެ ކަންކަން ކަމަށް ވެސް ވިދާޅުވެފައިވެފައިވެއެވެ.
މާލޭގެ އިތުރަށް ރަށްރަށުގައި ވެސް ފުލުހުން ގެންދަވަނީ މިފަދަ އޮޕަރޭޝަންތައް ހިންގަވަމުންނެވެ.