ހުރިހާ ވަޒީރުންނަށް ރުހުންދޭން ކޮމިޓީން ފާސް ކުރައްވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކެބިނެޓަށް އައްޔަން ކުރައްވައިފައިވާ ހުރިހާ ވަޒީރުންނަށް ރުހުން ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިއަދު ފާސް ކުރައްވައިފިއެވެ. މިގޮތަށް ފާސްކުރެއްވީ ކޮމިޓީގެ އިއްތިފާގުންނެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެބުނެޓްގައި ހިމެނި ވަޑައިގަންނަވާ ބައެއް ވަޒީރުންނަށް ވަނީ ރިޝްވަތާއި މިފަދަ އެހެން ކަންކަމުގެ ތުހުމަތު ކޮށްފައެވެ. އެތުހުމަތުތައް ބޮޑަށްކޮށްފައިވަނީ އާންމުންނާއި ބައެއް ޕާޓީތަކުގެ އެކްޓިވިސްޓުންނެވެ. ތުހުމަތު ކުރެވޭ ވަޒީރުގެ ވާހަކަ ސޯޝަލް މީޑިއާގައި ވެސް ވަނީ ވަރަށް ބޮޑަށް ދެކެވިފައެވެ.

އެހެންނަމަވެސް ސިޔާސީ ބައެއް ފަރާތްތަކުން ވިދާޅުވެފައިވަނީ އިބްރާހީމް މުޙައްމަދު ޞާލިޙު ކެބިނެޓަށް ނަންގަވައިފައިވަނީ އެންމެ އެކަށީގެންވާ ބޭފުޅުން ކަމަށެވެ. އެމަނިކުފާނު ވަނީ ކޮރަޕްޝަންގެ އެއްވެސް ޢަމަލެއް ނުހިންގެވުމަށް އެމަނިކުފާނުގެ ކެބިނެޓަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ. ރައީސް އިބްރާހީމްގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވަނީ 19 ވަޒީރުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.