ޤައުމީ ކެޑޭޓް ކޭމްޕް ރައީސް ބައްލަވައިލައްވައިފި

ރާއްޖޭގެ ވަނަ ޤައުމީ ކެޑޭޓް ކޭމްޕް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްލަވައިލައްވައިފިއެވެ. މި ކޭމްޕް ބައްލަވައިލެއްވުމަށް އެމަނިކުފާނު ކ.ގިރިފުށީ ޓްރޭނިންގ ސެންޓަރަށް މިއަދު މެންދުރު ކުރެއްވި ޒިޔާރަތުގައި ޑިފެންސް މިނިސްޓަރ ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސް ގިރިފުށީ ޓްރޭނިންގ ސެންޓަރަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ އާ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް އާ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދުގެ އިތުރުން ސިފައިންގެ ޖެނެރަލް އޮފިސަރުންނާ އެމްއެންސީސީގެ ސީނިއަރ ބޭކަލުންނެވެ.

މި ޒިޔާރަތުގައި އެމަނިކުފާނަށް ކެޑޭޓް ކޭމްޕް ކުރިއަށްދާ ގޮތުގެ ބްރީފިންގ އެއް ވަނީ އަރުވާފައެވެ. އަދި އެމަނިކުފާނު ވަނީ ކެޑޭޓުންގެ އަމަލީ ތަމްރީންތައް ކުރިއަށްދާގޮތް ބެއްލެވުމުގެ އިތުރުން ކޭމްޕްގެ އިންތިޒާމްތައް ހަމަޖެހިފައިވާގޮތްތައް ބައްލަވާލައްވާފައެވެ. އަދި ގިރިފުށި ޓްރޭނިންގ ސެންޓަރުގެ މެހުމާނުން ސޮއި ކުރައްވާ ފޮތުގައި އެމަނިކުފާނު ސޮއިކުރައްވާފައިވެއެވެ. މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ ޤައުމީ ކެޑޭޓް ކޭމްޕުގެ ހުރިހާ ބައިވެރިންނާ މުޚާތަބުކުރައްވާ ވާހަކަފުޅުދައްކަވާފައެވެ.

2018 ނޮވެމްބަރު 27 ން 2018 ޑިސެމްބަރު 8 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދެވޭ ޤައުމީ ކެޑޭޓް ކޭމްޕަކީ އެމްއެންޑީއެފް އާއި އެމްއެންސީސީ ގުޅިގެން ހިންގާ ކޭމްޕެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.