މިއަހަރުގެ މަސްވެރިންގެ ދުވަސް ގެމަނަފުށީގައި

މި އަހަރުގެ މަސްވެރިންގެ ދުވަސް ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީގައި ފާހަގަ ކުރައްވާ ގޮތަށް ސަރުކާރުން ނިންމައިފި އެވެ.

ސަރުކާރުން މިގޮތަށް ނިންމެވީ މިނިސްޓަރ އޮފް ފިޝަރީޒް ޒަހާ ވަޙީދު ގެމަނަފުށްޓަށް ވަޑައިގެން އެރަށުގެ މަސްވެރިންނާއި، ރައްޔިތުންނާއި، ކައުންސިލާ ވެސް ބައްދަލު ކުރެއްވުމަށްފަހު އެވެ.

ގެމަނަފުށްޓަކީ ރާއްޖޭގައި މަސްވެރިކަމުގެ ދާއިރާގައި ޒަމާނުއްސުރެން ވަރަށް ފާހަގަކޮށްލެވޭ ރަށެކެވެ. މީގެ ކުރިން ވެސް އެރަށުގައިވަނީ މަސްވެރިންގެ ދުވަސް ފާހަގަކޮށްފައެވެ.

ދެހާސް ސޯޅަވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކޮށްފައިވަނީ ގެމަނަފުށީގައެވެ. 2017 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރައްވައިފައިވަނީ ހއ. އިހަވަންދޫގައެވެ.

އެހެން އަހަރުތަކުގައި މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ކުރިން ހުޅުވައިލާ ފުރުސަތެއްގައި އެކަމަށް އެދި ހުށަހަޅާ ރަށްރަށުގެ ތެރެއިން ކަނޑައެޅޭ ރަށެއްގައެވެ. އެހެންނަމަވެސް މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރާނެ ރަށެއް ކަނޑައެޅުމަށް ނިމިގެންދިޔަ ސަރުކާރުން ހުޅުވާފައެއް ނުވެއެވެ. މި އަހަރުގެ މަސްވެރިންގެ ދުވަސް ގެނަމަނަފުށީގައި ފާހަގަކުރަން ސަރުކާރުން ނިންމެވީ އެހެންވެގެންނެވެ.

މަސްވެރިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ޑިސެމްބަރުމަހު 10 ވަނަ ދުވަހެވެ. މިއަހަރުގެ މަސްވެރިންގެ ދުވަސް ގެމަނަފުށީގައި ފާހަގަކުރާނީ ޑިސެމްބަރ 13 އިން 14 އަށެވެ. އަންނަ ހަފްތާއިން ފެށިގެން އެކަމަށް ތައްޔާރުވުމުގެ މަސައްކަތް ފެށުމަށްވަނީ ހަމަޖެހިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.