
އެމެރިކާގެ ރިޔާސީ ރޭހަށް ނުކުމެ ވަޑައިގަތުމަށް ކުރައްވާ މަސައްކަތް އެޤައުމުގެ ކުރީގެ ރައީސް ބިލް ކްލިންޓަންގެ އަނބިކަނބަލުން ހިލަރީ ކްލިންޓަން ކާމިޔަބުކުރައްވައިފިކަމަށް، މިޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓް، ހިލަރީއަށް ކާމިޔާބުކުރެއްވިއްޖެ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވާއިރު، ޓިކެޓް ކާމިޔާބު ކުރެއްވީ ބާރނީ ސެންޑަރސްއާއި ވާދަކުރައްވައިގެންނެވެ. ޓިކެޓް ކަށަވަރުކުރުމަށް ބޭނުންވާ 2383 ޑެލިގޭޓް ވޯޓު ހިލާރީއަށް މިހާރު ލިބިވަޑައިގެންފިކަމަށް ކަބަރު ލިބެއެވެ. މިކާމިޔާބީއަކީ ހިލަރީއަށް ތާޢީދު ކުރައްވަމުންގެންދަވާ މަތީފަންތީގެ ބޭފުޅުންގެ ސަބަބުންކަމަށް ލިބިވަޑައިގަތް ކާމިޔާބީއެއްކަމަށް މީޑިއާރިޕޯޓުތައް ބުނެއެވެ.
ހިލަރީގެ މިކާމިޔަބީ އަދި ރަސްމީކޮށް ޑިމޮކްރެޓިކް ޕާޓީންވެސް އަދި އެހެން އެއްވެސް ފަރާތަކުން ވެސް ޢިއުލާން ކޮށްފައިނުވައިރު، އެކަން އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހު ބާއްވާ ކޮންވެންޝަނެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.
އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ގެ މަޤާމުވެސް ފުރުއްވާފައިވާ ހިލަރީ ކްލިންޓަން އަށް
ރިޔާސީ ޓިކެޓް ކަށަވަރުކުރެވިއްޖެނަމަ، އެމެރިކަގެ ފުރަތަމަ އަންހެން ރިޔާސީ ކެނޑިޑޭޓުގެ ގޮތުގައި އެކަމަނާ ތާރީޚުގެތެރެއަށް ވަދެގެންދާނެއެވެ.