ކަރަޕްޝަނަށް މަގުފަހިވާ ފަދަ ކަންތައްތަކުން ދުރުވެތިއްބެވުމަށް ވަޒީރުންނަށް ރައީސް އިލްތިމާސް ކުރައްވައިފި

ފޮޓޯ: ރައީސް އޮފީސް

ކަރަޕްޝަނަށް މަގުފަހިވާ އެންމެހާ ކަންތައްތަކުން ދުރުވެ ތިއްބެވުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔަ އިބްރާހީމް މުޙައްމަދް ޞާލިޙް އިލްތިމާސް ކުރައްވައިފިއެވެ. މިއަދު ބޭއްވެވި ވަޒިރުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙްވަނީ ސަރުކާރުގެ މަސައްކަތްތައް އަދި ވަކީން ޚާއްޞަކޮށް ސަރުކާރުން ފުރަތަމަ ސަތޭކަ ދުވަހު ކުރެއްވުމަށް ކަނޑައަޅާފައިވާ ކަންކަން ވީ އެންމެ ބާރު މިނުގައި ތަންފީޒު ކޮށްދެއްވުމަށް ވެސް އިލްތިމާސް ކުރެއްވި ކަަމަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ހާމަކުރައްވާފައިވެއެވެ

މިއަދުގެ މީޓިންގައި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ މައުލޫމަތު ވަޒީރުންނަށް ދެއްވާފައިވާ ކަމަށް ރައީސްއޮފީހުން ވަނީ ހާމަކުރައްވާފައެވެ. އަދި ޓްރާންސިޝަން ކޮމިޓިތަކުން އެއްކޮށްފައިވާ މައުލޫމާތުވެސް ވަޒރުންނާ ހިއްސާ ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ހާމަކުރައްވާފައިވެއެވެ.

އޭގެ އިތުރުން މިނިސްޓްރި ތަކާއި، ކުންފުނި ތަކުގެ އޮނިގަނޑާއި ބަޖެޓްގެ ތަފްސީލުވެސް ވަޒީރުންނާއި ހިއްސަކުރައްވައި ޓްރާންސިޝަން ކޮމިޓީތަކުން އެއްކޮށްފަިއވަ މައުލޫމާތަށް ރިއަޔަތްކޮށް ފަހަގަކުރެވިފައިވާ ކަންކަމަ މެދު އަމަލުކުރާނެ ގޮތްތަކާ މެދު ވެސް މަޝްވަރާ ކުރައްވާފައިވެއެވެ.   

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.