ކުރީގެ ރައީސް މުޙައްމަދް ނަޝީދު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ ހއ. ދިއްދޫ އަށް ފުރައިވަޑައިގެންފިއެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި ދިއްދޫ ދާއިރާގެ މަޖިލިސް މެންބަރު ޢަބްދުލް ލަޠީފް އާއި އެމްީޕީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައި ގަންނަވައެވެ.
މެންބަރު ޢަބްދުލް ލަޠީފް ބުދަ ދުވަހު ކުރެއްވި ޓުވީޓެއްގަިއ ވިދާޅުވެފައިވަނީ ރައީސް މުޙައްމަދް ނަޝީދު ބޮޑު ތިލަދުންމައްޗަށް ކުރައްވާ ދަރުތުފުޅުގައި ހުރިހާ ރަށަކުންވެސް އަދި ވަކީން ޚާއްޞަކޮށް ދިއްދޫ އިން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާ އެއް ދަންނަވާން ޒުވާނުންނާއި ކުދިބޮޑު އެންމެހައި ރައްޔިތުން ތިބީ ކެތް މަދުވެފައިކަމަށެވެ.
ތިން އަހަރަށްފަހު އަރުވައިލެވިގެން ގައުމުން ބޭރުގައި އުޅުއްވުމަށްފަހު ރައީސް ނަޝީދު މާލެ ވަޑައިގެންނެވީ ނޮވެންބަރު މަހުގެ ފުރަތަމަ ދުވަހުއެވެ. މާލެ ވަޑައިގެންނެވުމަށްފަހު އެމަނިކުފާނު އެންމެ ފުރަތަަމަ ވަޑައިގެންނެވީ އައްޑުއަތޮޅަށެވެ. އައްޑު އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވީ ބުރާސްފތި ދުވަހުއެވެ.