ހަކަތަ ހެޔޮގޮތުގައި ބޭނުންކުރުމާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރެހުމުގެ މުބާރާތެއް ބޭއްވުމަށް "ސްޓްރެންތެނިން ލޯ ކާބަން އެނާޖީ އައިލެންޑް ސްޓްރެޓެޖީސް"ގެ ފަރާތުން ކުރެހުމުގެ މުބާރާތެއް ބާއްވަން ނިންމައިފި އެވެ.
އެ ޕްރޮޖެކްޓަކީ އެންވަޔަރަންމެންޓް މިނިސްޓްރީ އާއި އދ.ގެ ތިމާވެއްޓާ ބެހޭ ޖަމިއްޔާ، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީއީއެފް)ގެ އެހީގައި ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.
މި މުބާރާތް ބޮޑަށް އަމާޒުކޮށްފައިވަނީ ސްކުލޫކުދިންނާއި ޒުވާނުން ނަށް، މުބާރާތުގެ މަގުސަދަކީ ކްލައިމެޓް ޗޭންޖަށް ހޭލުންތެރިކުރުވުމާއި ހަކަތަ ހެޔޮގޮތުގައި ބޭނުންކުރުމާއި ހަކަތަ އިގްތިސާދުކުރުމަށް ހިތްވަރު ދިނުން' މި ޕްރޮޖެކްޓް މެނޭޖަރ އަހުމަދު އިނާޒް ވިދާޅުވިއެވެ. މީގެ އިތުރުން ސްކޫލް ކުދިންނާއި ޒުވާނުން ކުރެހުމުގެ ދާއިރާއަށް ޝައުގުވެރިކަން އިތުރުކުރުމަކީ ވެސް މުބާރާތުގެ މަގުސަދެއް ކަމަށް އިނާޒް ވިދާޅުވިއެވެ.
ހަތަރު އުމުރު ފުރައަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ކޮންމެ އުމުރުފުރައަކުން އެއްވަނަ އަށް އަންނަ ފަރާތަކަށް 2500 ރ ގެ ގިފްޓް ވައުޗާއެއް ވަނީ ހުށަހަޅާފައެވެ.
ދެވަނަ އަށް އަންނަ ފަރާތަކަށް 1000 ރުފިޔާގެ އަދި ތިން ވަނައަށް އަންނަ ފަރާތަކަށް 500 ރުފިޔާގެ ގިފްޓު ވައުޗަރު ވަނީ ހުށަހަޅައިފަ އެވެ. އުމުރުފުރާތަށް ބަހާލާފައި ވަނީ ހަ އަހަރާއި 25 އަހަރާއި ދެމެދުގައެވެ.
ކުރެހުންތައް ހުށަހެޅޭނެ ކެޓަގަރީތައް
- ކެޓަގަރީ 1: ހަ އަހަރާއި ނުވަ އަހަރާ ދެމެދު
- ކެޓަގަރީ 2: 10 އަހަރާއި 11 އަހަރާ ދެމެދު
- ކެޓަގަރީ 3: 11 އަހަރާއި 17 އަހަރާ ދެމެދު
ކެޓަގަރީ 4: 18 އަހަރާއި 25 އަހަރާ ދެމެދު
އެ މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން، ޖުލައި މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށެވެ. ޖުލައި ހަތަރު ވަނަ ދުވަހުގެ ކުރިން މުބާރާތުގައި ބައިވެރިކުރަން ބޭނުންވާ ކުރެހުންތައް މިނިސްޓްރީ އަށް ހުށަހަޅަން ޖެހެ އެވެ.
މިނިސްޓްރީން ބުނީ މުބާރާތުގެ ކެޓެގަރީތަކުން އެއްވަނައަށް ހޮވާ ކުރެހުންތައް ގާލްގައިޑްސް އަދި ސްކައުޓުން ހޭލުންތެރިކުރުމަށްޓަކައި ތައާރަފުކުރުމަށް ހަމަޖެހިފައިވާ "އެނާޖީ އެފިޝެންސީ ބެޖް" ފަރުމާކުރުމަށް ބޭނުންކުރާނެ ކަމަށެވެ.