އިބްރާހީމް މުހައްމަދު ސާލިހު ހުވައި ކުރައްވަންޖެހޭނީ ނޮވެމްބަރު 11 ގައި: މޫސަ

އިންތީޚާބީ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ހުވައި ކުރައްވަން ޖެހިވަޑައިގަންނަވާނެ ތާރީޚަކީ ނޮވެމްބަރު އެގާރަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެއެވެ.

ނޫސްވެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަފުޅުގައި މޫސަ ވިދާޅުވީ އެތާރީޚުގައި އިބްރާހީމް މުހައްމަދު ސާލިހު ހުވައި ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ގަބޫލު ކުރައްވަނީ އަމިއްލަ ހައިސިއްޔަތުން ކަމަށެވެ.

އިންތިޚާބީ ރައީސް އަބަދުވެސް ހުވައި ކުރައްވަމުން ވަޑައިގެންނެވި ތާރީޚަކީ ނޮވެމްބަރު 11 ކަމަށާއި ދިމާވި ސަބަބުތަކާ ހެދި އެ ތާރީޚު ފަސްވެ ނޮވެމްބަރު ސަތާރައަށް ބަދަލުވިޔަސް އަދިވެސް ހުވައި ކުރައްވަންޖެހޭނީ ނޮވެމްބަރު 11 ގައި ކަމަށް ވިދާޅުވިއެވެ.

އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ހުވައި ކުރައްވާނީ ނޮވެމްބަރު 11 ގައިތޯ 17 ގައިތޯ މިހާރުވަނީ ސުވާލު އުފެދިފައެވެ. އެސުވާލު އުފެދުނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުވައި ކުރެއްވީ ނޮވެމްބަރު 17 ގައި ކަމުންނެވެ. އެތާރީޚުގައި އެމަނިކުފާނު ހުވައި ކުރެއްވީ ޚާއްސަ ހާލަތެއް ދިމާވެގެން ކަމަށްވުމުން ގިނަ މީހުން ބުރަވަނީ ނޮވެމްބަރު 11 ގައި އިބްރާހީމް މުހައްމަދު ސާލިހު ހުވައި ކުރެއްވުމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވަނީ އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ނޮވެމްބަރު 11 ގައި ހުވައި ކުރެއްވުމަށް ގާނޫނީ އުޒުރެއްއޮތް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެހެން ކަމުން މިމައްސަލާގައި ދެން ގޮތް ނިންމަވާނީ ރައްޔިތުންގެ މަޖިލީހުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވީ އާދީއްތަ ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާއަށް އެމައްސަލަ އެޖެންޑާ ކުރައްވާނެ ކަމަށެވެ. އެ މައްސަލައަށް ގޮތެއް ނިންމަވާނީ ވޯޓެއް ނަންގަވައިގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.