މުވައްޒަފުންގެ ޙައްޖު ސްކީމުގައި ޖޭއެސްސީން ސޮއިކޮށްފި

13275019_10154146570147158_696833052_o

ހައްޖު ކޯޕަރޭޝަންގެ ފަރާތުން ފަށާފައިވާ މުވައްޒަފުންގެ ޙައްޖު ސްކީމް ގައި ޖުޑީޝަލްސާރވިސްކޮމިޝަން (ޖޭއެސްސީން ބައިވެރިވެއްޖެއެވެ.

މިއަދު ޖޭއެސްސީގައި ބޭއްވި ޚާއްސަ ރަސްމިޔާތެއްގައި މުވައްޒަފުންގެ ޙައްޖު ސްކީމުގެ އެއްބަސްވުމުގައި ޖޭއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެކޮމިޝަނުގެ ސެކްރެޓަރީޖެނަރަލް އަބޫބަކުރުމުޙަންމަދެވެ. ޙައްޖު ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ، އެކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ ޔާމީނު އިދުރީސެވެ.

ޔާމީން މިއަދު ވިދާޅުވީ މުވައްޒަފުންގެ ސްކީމުގައި ސަރުކާރުގެ އިދާރާތަކާއި، މިނިވަން މުއައްސަސާތަކާއި، ކުންފިނިތަކާއެކު މިހާތަނަށް ޖުމުލަ ފަނަރަ އިދާރާއަކުން ބައިވެރިވެފައިވާކަމަށެވެ. މި ސްކީމަށް ލިބެމުންދާ ތަރުހީބު ވަރަށް ބޮޑުކަމަށާ، މިއީ ފަސޭހަކަމާއެކު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެވޭނެ މަގު ފަހިކުރުމަށްޓަކައި އެކޯޕަރޭޝަނުން ފަށާފައިވާ މުހިންމު މަސައްކަތެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.