އަދީބް ނަގާ ފައިސާ ބަރާބަރަށް ލިބިވަޑައިގަންނަވާ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށް ނާޒިމް ވިދާޅުވެއްޖެ

އަދީބު ވިޔަފާރިވެރިންނާއި އެކި ތަންތަނުން ނަގާ ފައިސާ ރައީސް ޔާމީން އަށް ބަރާބަރަށް ލިބިވަޑާއިގަންނަވާ ކަމަށް ރައިސް ޔާމީން ވިދާޅުވި ކަމަށް ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަޙްމަދް ނާޒިމް ވިދާޅުވެއްޖެއެވެ. މިވާހަކަ ހާމަަކޮށްފައިވަނީ ނާޒިމް ދާދި ދެންމެ އަކު ޓުވިޓަރ ގައި އާއްމު ކުރެއްވި ބަޔާނެއްގައެވެ. 

ނާޒިމް ގެ ބަޔާނުގައި ހާމަކުރައްވާފައިވާ ގޮތުގައި 2014ވަނަ އަހަރުގެ އޭޕްރީލް މަހުގެ 28ވަނަ ދުވަހު ރައީސް ޔާމީން އާއި ބައްދަލުކުރައްވައި "މިނިސްޓަރ އޮފް ޓުއަރިޒަމްގެ މަޤާމުގައި ހުންނެވި، އޮންރަބްލް އަޙްމަދް އަދީބް ޢަބްދުލްޤަފޫރު (އަދީބު) އެކި ތަންތަނުންނާއި މީސްމީހުންގެ އަތުން ބޮދެތި ޢަދަދުތަކުން ފައިސާ ނަގަމުންދަނީ" ރައީސް ޔާމީން އަށް އެނގިވަޑައިގަންނަވާތޯ" އާއި "އެ ފައިސާ ރައީސް ޔާމީން އަށް ބަރާބަރަށް ހަމައަށް ލިބިވަޑައިގަންނަވާތޯ" ސުވާލު ކުރެއްވި ކަމަށެވެ. އަދި އެސުވަލުތަކުގެ ޖަވާބު ވަރަށް ތަފްސީލުކޮށް ރައީސް ޔާމީން ދެއްވިކަމަށް ނާޒިމްގެ ބަޔާނުގައި ވެއެވެ.

އެސުވާލުތަކުގެ ޖަވާބުގައި "އާން އެކެވެ. އަދީބު ވިޔަފާރިވެރިންނައި އެކިތަންތަނުން ނަގާ ފައިސާ އަޅުގަނޑުގެ އަތަށް ބަރާބަރަށް ލިބޭ" ކަމަށް ރައީސް ޔާމީން ވިދާޅުވިކަމަށް އެބަޔާނުގައި ހާމަކޮށްފައިވެއެވެ. ފައިސާ ފޮނުވާ ހަތަރު ބޭފުޅެއްގެ ނަން ވިދާޅުވިކަމަށް ވެސް މި ބަޔާނުގައި ބުނެފައިވެއެވެ. އެއީ ކޮލި މޮހަދޭ އާއި، ޗަންޕާ ޙަސަން ޢަފީފް އާއި، ޗަންޕާ އުއްޗު އާއި ކްރައުން ނަޒީރު ކަމަށް ރައީސް ވިދާޅުވި ކަމަށް ނާޒިމް އާއްމުކުރެެއްވި ބަޔާނުގައި ވެއެވެ.

"އެ ބޭފުޅުން އެކި ޢަދަދުތަކުން (1 ލައްކަ ނުވަތަ 2 ލައްކަ ޑޮލަރު) ޕްލެޖް ކުރެއްވުމުން، އެފައިސާ ކަލެކްޓްކރުަން ފޮނުއްވަނީ އަދިބު" ކަމަށް ރައީސް ޔާމީން ވިދާޅުވިކަމަށާއިި އެފައިސާ ބަރާބަރަށް، ހަަމައަށް ރައީސް އަށް ލިބިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިކަމަށް ވެސް ނާޒިމްގެ ބަޔާނުގައި ބުނެފައިވެއެވެ.

ރައިސް ވިދާޅުވި ކަމަށް ނާޒިމްގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ރައީސާއި ނާޒިމް ބައްދަލު ކުރައްވަން ވަޑައިގެންނެވީ ހަަމައެކަނި އެސުވާލު ކުރައްވަން ނޫން ކަމަށާއި ނާޒިމް އެނގިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިކަމަށް ނާޒިމު ވިދާލުވެފަވެއެވެ. އަދި ބައްދަލު ކުރައްވަން ވަޑައިގެންނެވި އަސްލު ސަބަބު ވިދާޅުވުމަށް ރައީސް އެދި ވަޑައިގެންނެވުމުން "މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އިން އަދީބް 5 މިލިއަން ޑޮލަރަށްވާ 77.1 މިލިއަން ރުފިޔާ ނަންގަވާފައި" ވާ ކަމަށް ވިދާޅުވި ކަމަށާއި "އެފައިސާގެ ތެރެއިން ބައެއް ނުވަތަ ޖުމްލަ 77.1 މިލިައން ރުފިޔާ ރައީސް ޔާމީން އަށް ލިބިގަތްތޯ" ސުވާލު ކުރެއްވި ކަމަށް ނާޒިމް ވިދާޅުވެފައިވެއެވެ. 

ނަމަވެސް މިކަމަށް ރައީސް އިންކާރު ކުރެއްވި ކަމަށް ނާޒިމް ވިދާޅުވެފައިވެއެވެ. އަދި އެމްޕީެއެލް އާއި ގުޅުންހުރި އެއްވެސް ފައިސާ އެއް ލިބިވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވިކަމަށް ނާޒިމްގެ ބަޔާނުގައި ބުނެފައިވެއެވެ. ރައީސް އެގޮތަށް ވިދާޅުވުމުން ހުރިހާ ފައިސާ އެއް ލިބިވަޑައިގަންނަވާ ކަމަށް ވިދާޅުވި ވާހަކަ ދެންނެވުމުން ރައީސް ޔާމިންގެ މޫނުފުޅުގެ ކުލަވަރު ބަދަލުވެ، އެމަނިކުފާނު ވިދާޅުވި ބަސް ދިފާޢު ކުރައްވާން ފެށްޓެވި ކަމަށް ނާޒިމް ވިދާޅުވެފައިވެއެވެ. އެގޮތުން "100% ސަރުޚާރުގެ ޙިއްސާ އޮންނަ ކުންފުންޏަކުން އަދީބު ފައިސާ ނަގާނީ ކިހިނެއްތޯ" ސުވާލު ކުރެއްވި ކަމަށާއި އެކަމެއް ނުކުރެއްވޭނެ ކަމަށް ވިދާލުވި ކަމަށެވެ. އެ ފައިސާ އާ ގުޅޭ ގޮތުން ދެންނެވި ސުވާލަށް ރައީސް ޔާމީން ސާފު ޖަވާބެއް ނުދެއްވާ ކަަމަށް ނާޒިމްގެ ބަޔާނުގައި ހާމަކޮށްފަިއވެއެވެ.

ނަޒިމުގެ ބަޔާން ފަށްޓަވަމުން ވިދާޅުވެފައިވަ ގޮތުގައި އެދުވަހުގެ ބައްދަލު ވުމަކީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވެި ފަހުން އެމަނިކުފާނާ ބައްދަލުވެ ވަޑައިގެނެންނެވި ހަތަރުވަނަ ފަހަރު ކަމަށާއި އަދި އެންމެ ފަހު ފަހަރު ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ނާޒިމް އާއި ރައީސް ޔާމީނަށް ވެސް އިދިކޮޅުންވަނީ މީގެ ކުރީން ބޮޑެތި ތުހުމަތު ތަކެއް ކޮށްފައެވެ. ނަމަވެސް ނަޒިމްގެ ބަޔާނުގައި މިއިން އެއްވެސް ވާހަކައެއް ހާމަކޮށްފައެއް ނުވެއެވެ. އަދި މިއަދު ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރީން ރައީސް ޔާމީން އަށް ތުހުމަތު ކުރެވޭ އެއްވެސް މައްސަލައަކާއި ގުޅޭ ގޮތުންވެސް އެއްވެސް ވާހަކައެއް ވިދާޅުވެފައެއް ނުވެއެވެ.  

ނާޒިމް އާއްމުކުރެއްވި ބަޔާން: 

 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.