ރާއްޖެއިން ބޭރުގައި ހުންނެވުން ނޫންގޮތެއް ނެތް - ނަޝީދު

images

މިވަގުތު ރާއްޖެއިން ބޭރުގައި ހުންނަވުންނޫން އިތުރުގޮތެއް ނެތްކަމަށް އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދުގެގެ ވެބްސައިޓުގައި އެމަނިކުފާނާ ޙަވާލާދީ ލިއުއްވާފައިވަނީ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ދަނީ ރާއްޖޭގެ އިދިކޮޅު ސިޔާސީ ލީޑަރުން ޖަލަށް ލަމުންކަމަށެވެ. އެހެންކަމުން މިދަނޑިވަޅުގައި ރާއްޖެއިން ބޭރުގައި ތިއްބަވައިގެން ސިޔާސީ މަސައްކަތް ކުރުންނޫން އިތުރުގޮތެއް ރާއްޖޭގެ އިދިކޮޅު ސިޔާސީ ލީޑަރުންނަށް ނެތްކަމަށެވެ.
އަދި މިހާރު އެމަނިކުފާނަށް، ސިޔާސީ ރެފިއުޖީ އެއްގެ ގޮތުގައި އިނގިރޭސި ވިލާތުން ހިމާޔަތްދީފައިވާ ކަން ޔަގީންކޮށްދެއްވާކަމަށްވެސް ނަޝީދާ ޙަވާލާދީ އެމަނިކުފާނުގެ ވެބްސައިޓުގައި ލިއުއްވާފައިވެއެވެ.

އިނގިރޭސި ވިލާތުން (ޕޮލިޓިކަލް ރެފިއުޖީ ސްޓޭޓަސް) ނަޝީދަށް ދީފައިވާކަން ނަޝީދު ހާމަކުރައްވާއިރު، އެމަނިކުފާނަނީ، ޓެރެރިޒަމްގެ ކުށް ސާބިތުވެ، ތޭރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ބޭފުޅެކެވެ. ބޭސްފަރުވާއަށްކަމަށް ވިދާޅުވެ، އިނގިރޭސީ ވިލާތަށް ވަޑައިގަތުމަށްފަހު މިހާތަނަށް ގެންދެވީ އެކިފަހަރުމަތިން ބޭސްފަރުވާގެ މުއްދަތު އިތުރުކުރައްވަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.