ވޯޓުގެ ނިންމުން އެއީ ކޯޓުގެ ނިންމުން ކަމަށް ނުދެކޭތި: ޝިފާޒް

ރިޔާސީ އިންޠިޚާބުގެ ނަތީޖާ އާ މެދު ޝައްކު އުފައްދައި ރައީސް ޔާމީންގެ ފާރަތްޕުޅުން އިންޠިޚާބު ބާޠިލް ކުރުމަށް އެދި ސުޕްރީމް ކޯޓަށް ވެއްދި މައްސަލަ އާއި ގުޅިގެން އެމްޑީޕީގެ ނައިބް ރައީސް މުޙާއްމަދު ޝިފާޒު ރައީސް ޔާމީނަށް އިންޒާރު ދެއްވައިފިއެވެ. މައްސަލައިގެ އަޑުއެހުމެއް މިއަދު މެންދުރު 1245 އަށް ތާވަލުކޮށްފައި ވަނިކޮށް ޝިފާޒު ކުރެއްވި ޓުވީތެއްގައި ވިދާޅުވެފައި ވަނީ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި ރައްޔިތުންގެ ނިންމުމަކީ އިންޠިޚާބުގެ ނަތީޖާ ކަމަށެވެ. އަދި ވޯޓުގެ ނިންމުން އެއީ ކޯޓުގެ ނިންމުންކަމަށް  ދެކެވަޑައިނުގަތުމަށް ރައިސް ޔާމީނަށް ދަންނަވާ ކަމަށެވެ. ޝިފާޒު ވިދާޅުވެފައިވާ ގޮތުގައި އެއްވެސް ފަރާތަކަށް ރައްޔިތުންގެ ނިންމުން އެއްފަރާތެއް ނުކުރެވޭނެއެވެ. އަދި ރައްޔިތުންގެ ނިންމުން ދިފާޢު ކުރައްވާނެ ކަމަށް ވެސް ޝިފާޒް ވަނީ ވިދާޅުވެފައެވެ.

ރައީސްގެ ފަރާތްޕުޅުން ކޯޓަށް މައްސަލަ ވައްދާފައިވަނީ ޖުޑިޝަލް ސާވސިް ކޮމިޝަނަށް އެމަނިކުފާނުގެ ފަރާތްޕުޅުން އައްޔަން ކުރައްވާފައި ހުންނަވާ މެންބަރު ރޭނީސް ސަލީމް އެވެ. އިންޠިޚާބަށް ފަހު ދެފަހަރެއްގެ މަތީން މީޑިއާގެ ކުރިމަތީގައި ރައީސް ވަނީ ބަލި ގަބޫލުފުޅު ކުރައްވަާކަމަސް ވިދާޅުވެފައެވެ. ނަމަވެސް އޭގެ އެއް ހަފްތާ ފަހުން ވޯޓުގެ ނަތީޖާ އާއި މެދު ޝަައްކު އުފައްދަވައި ކުރަން ފެށި މުޒާހަރާގައި ފުރަތަމަ ރޭ އެކަނކުފާނު ވަނީ ބައިވެރވެވޑައިގެންފައެވެ. އަދި އެމަނިކުފާނަށް ވޯޓު ދެއްވި ރައްޔިތުންގެ ޙައްޤު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެ ރާއްޖޭ އެކިކަންކޮޅުތަކުން އެކަމަށް އަޑު އުފުލުމަށް އެދިވަޑައިގެންނެވިިއެވެ. މިއަދު ޝެޑިއުލްކޮށްފައިވާ މައްސަލައަށް އިދިކޮޅު ކޯލިޝަންގެ ހަތަރު ލީޑަރުންގެ ފަރާތުން މިހާރު ވަނީ ތަދައްޚުލް ވެފައެވެ. 

މިއަދުގެ އަޑުއެހުމަށް ނޮނަ ނޯޓު ކުރުމަށް ރައީސް ޔާމީން އަށް ތާއިދު ކުރާ މީހުންނާއި އިދިކޮޅު އިއްތިހާާދަށް ތާއީދު ކުރާ މީހުން ދަނީ ހެނދުނު 8 އިން ފެށިގެން ސުޕްރީމް ކޯޓު ކައިރީގައި ކިއު ޖައްސަމުންނެވެ. ނަން ނޯޓު ކުރާން ފަށަނީ 12 ޖަހާއިރުއެވެ. މި އިންޠިޚާބަކީ އެތައް  ބައެއްގެ މަސްކަހަތި އޮތް ކަމެއް ކަމަށް ބުނެ މައްސަލަ ކުރިއަށްދާ ގޮތް ލައިވްކޮށް ދިނުމަށް އެދި ބުރާސްފަތި ދުވަހު ވަނީ ޕެޓިޝަނެއްގައި ސޮއިކުރަންވެސް ފަށާފައެވެ. އެ ޕެޓިޝަނތައް ކޯޓަށް ހުށަހެޅިކަމަެއް ނުވަތަ ނޫންކަން ސާފެއް ނުވެއެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.