މިއަދަކީ ދުނިޔޭގެ ނަފްސާނީ ދުޅަހެއުކަމުގެ ދުވަހެވެ. ނަފްސާނީ ދުޅަހެއުކަމުގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރ މަހުގެ ދިހަވަަނަ ދުވަހުއެވެ. ދުނިޔޭގެ ޞިއްހަތު ޖަމިއްޔާއިން މިދުވަސް ފާގަ ކުރުމުގެ މައިގަނޑު މަގްސަދަކީ ނަފްސާނީ ދުޅަހެއުކަމުގެ މައްސަލަ ތަކާއި މެދު ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހޭލުންތެރިކަން އުފެއްދުމާއި އަދި ނަފްސާނީ ދުޅަހެއުކަމަށް އެއްބާރުލުން ދިނުމެވެ. ނަފްސާނީ ދުޅަހެއުކަމުގެ ދުވަހާ ގުޅުވައިގެން މިއަހަރަށް ޚާއްޞަ ކޮށްފައިވާ ޝިޢާރަކީ “Young people and mental health in a changing world” (ބަދަލުވަމުން އަންނަ ދުނިޔޭގައި ފުރާވަރު މީހުންނާއި ނަފްސާނީ ދުޅަހެއުކަން) އެވެ. މިއަހަރު ދުނިޔެގެ ޞިއްޙަތު ޖަމިއްޔާއިން އަމާޒު ހުރީ ފުރާވަރު އުމުރުގެ ކުދީންނަށް ކުރިމަތިވަމުންދާ ނަފްސާނީ ދުޅަހެއުކަމުގެ މައްސަލަ ތަކަށެވެ.
ދުނިޔޭގެ ޞިއްހަތު ޖަމިއްޔައިން ވިދާޅުވާ ގޮތުގައި "ފުރާވަރު ކުރީންނާއި ފުރާވަރު އުމުރުން ނެއްޓި ޒުވާން އުމުރުގެ ރީ އަހަރުތަކަކީ ހަޔާތަށް ގިނަ ބަދަލުތަ އަންނ ދުވަސްވަރެކެވެ. އެބަދަލުތަކުގެ ތެރޭގައި ސްކޫލް ބަދަލުވުމާއި، އަމިއްލަ ގެ ދޫކޮށް ދާން ޖެހުމާއި، ޔުނިވަރސިޓީ ތައުލީމު ފެށުން، ނުވަތަ އާ ވަޒީފާއަކަށް ދިއުން ހިމެނެއެވެ. ގިނަ ބަޔަކަށް މިއއުފާވެރި ދުވަސްތަކެކެވެ، ނަމަވެސް މި ދުވަސްވަރަކީ މާޔޫސް ކަމާއި ޝައްކާއި ވަހުމުގެ ދުވަސްވަރަކަށް ވެސް ވެދާނެއެވެ." މި ދުވަސްވަރު ކުރެވޭ އިހުސާސްތައް ދެނެ ނުގަނެވިއްޖެ ނަމަ ނުވަތަ މެނޭޖް ނުކުރެވިއްޖެނަމަ އޭގެ ސަބަބުނ މެންޓަލް އިލްނެސް އަށް މަަގުފަހިވެދާނެއެވެ. ވޯލްޑް ހްލްތް އޯގަނައިޒެޭޝަނުން ހާމަކުރާ ގޮތުގައި ހަމަނުޖެހުން ބޮޑު ސަރަހަައްދު ތަކުގައާއި ގުދުރަތީ ކާރިސާތައް ހިނގާ ސަރަހައްދުތަކިއ ބަލިމަޑުކަން އާއްމު ސަރަހައްދުތަކުގައި ދިރިއުޅޭ ފުރާވަރު ކުދީން އެހެން ކުދީންނާ އަޅާ ބަލާއިރު ފަސޭހައިން މާޔޫސްވެ ކަންބޮޑުވާ ގޮތް ވެއެވެ.
ތިރީގައިމިވަނީ ފުރާވަރު ކުދީންގެ ނަފްސާނީ ދުޅަހެއުކަމާ ގުޅޭގޮތުން މޯލްޑް ހެލްތް އޯގަނައިޒޭޝަން އިން ހާމަކޮށްފައިވާ ބައެއް މައުލޫމާތެވެ.
ފުރާވަރު ކުދީންގެ ނަފްސާނީ ދުޅަހެއުކަން:
ވޯލްޑްހެލްތް އޯގަނައިޒޭޝަނުން ހާމަކޮށްފައިވާ ގޮތުގައި ނަފްސާނީ ދުޅަހެއުކަމުގެ ދެބައިކުޅަ އެއްބައި މައްސަލަތައްް ފެށެނީ ކުދިީންގެ އުމުރުން 14 އަހަރުގައެވެ. މީގެ ތެރެއިން ގިނަ ކުދީންނަށް މައްސަަލައެއް ދިމާވެފައިވާ ކަމެއްވެސް ފާހަގައެއް ނުކުރެވެއެވެ. އަދި ފަރުވާ ނުދެވެއެވެ.
މުޅި ދުނިޔެއަށް ބަލާއިރު ފުރާވަރު އުމުރުގެ ކުދީންގެ ތެރެއިން 10-20 އިންސައްތަ ކުދީންނަކީ ނަފްސާނީ ދުޅަހެއުކަމުގެ މައްސަލަތައް ދިމާވެފައިވާ ކުދީންނެވެ.
15 އަހަރާއި 9 އަހަރުގައި މަރުވާ މީހުންގެ ތެރެއިން އެންމެ ގިނަ މަރު ހިނގާން މެދުވެރިވާ މައިނގަޑު ދެވަނަ ސަބަބަކީ އަމިއްލައަށް މަރުވުމެވެ.
މުޅި ދުނިޔެއަށް ބަލާއިިރު ބަލިވުމާއި، ފުރާވާރު އުމުރުގެ ކުދީން ނުކުޅެދުންތެރިވެ ބަލިވާން ދިމާވާ ނުވަ ވަނަ ސަބަބަކީ ޑިޕްރެޝަން އެވެ. އަދި އަށްވަނަ ސަބަކީ އެންޒައެޓީ އެވެ.
ފުރާނައަށް ނުރައްކާތެރި ތަކެތި ކަމުގައިވާ ރަލާއި ޑްރަގަކީ ދުނިޔޭގެ އެކި ގައުމުތަކުން އެންމެ ކަންބޮޑުވާ މައްސަލައެވެ. މިފަދަ ބާވަތްތަކުގެ ސަބަބުން ޖިންސީ ގުުޅުން ހިންގުމާއި ނުރައްކާތެރި ގޮތްގޮތަށް މަގުމަތީގައި ކާރާއި ސައިކަލް ފަދަ ތަކެތި ދުއްދުވުމަށް މަގުފަހިވެއެވެ.
މިހާރު ފުރާވަރު ކުދީންގެ ނަފްސާނީ ދުޅަހެއުކަން ބަދަހި ކުރުމުގެ މުހިއްމުކަން ގިނަ ބަޔަކަށް ފާގަވެ އެކަން ދަނީ އިތުރު ވަމުންނެވެ، މީގެ ސަބަބުން ދިރިއުޅުމުގައި ދިމާާވާ ގޮންޖެހުންތަކާ ކުރިމަތިލައި އެކަންކަން ތަހައްމަލު ކުރާން އެހީތެރިވެދެއެވެ.
ވީހާވެސް ކުރީން ނަފްސާނީ ދުޅަހެއުކަން އިތުރުކޮށް ބަދަހި ކުރުމުގެ މަސައްކަތް ކޮށްފިނަމަ އެބަލިން ކުދީންް ރައްކާތެރި ކުރެވޭނެއެވެ. ނުވަތަ ބަލި މެނޭޖް ކުރަން އެނގި ފަރާވަރު އުމުރުގެ ކުދީންނާ ޒުވާނުން ބަލިން ސަލާމަތް ކުރެވޭނެއެވެ. އެހެން ނަމަވެސް ބަލިން ރައްކާތެރި ކުރެވޭނީ ބަލީގެ ކުރީކޮޅު ދިމާވާ މައްސަލަތަކާއި ބަލީގެ ނިޝާންތައް ރަނގަޅަށް އެނގިގެންނެވެ.
ވޯލްޑް ފެޑެރޭޝަން ފޯރ މެންޓަލް ހެލްތް ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި ދުނިޔޭގެ ނަފްސާނީ ދުޅަހެއުކަމުގެ ދުވަސް ފުރަތަމަ ފާހަގަކޮށްފައިވަނީ ގެ އޭރުގެ ޑެޕިއުޓީ ސެކްރެޓަރީ ޖެެނެރަލް ރިޗަޑް ހަންޓަރ ފެށްޓެވި އެޖަމިއްޔާގެ ހަރަކާތެއްގެ ގޮތުގައެވެ.
މި ލިޔުމަށް މައުލޫމާތު ނަގާފައިވަނީ ވޯލްިޑް ހެލްތް އޯގަަނައިޒޭޝަންގެ ވެބްސައިޓުންނެވެ.