ހުޅުލެއަށް ދަތުރުކުރި ލޯންޗެއްގައި އަލިފާންރޯވެއްޖެ

13265967_10157012265785037_1218049257751653964_n

މާލެއިން ފުރައިގެން ހުޅުލެއަށް ދަތުރުކުރި ލޯންޗެއްގައި އަލިފާންރޯވެ އެއިންދަތުރުކުރި ބައެއްމީހުން ފިހިއްޖެއެވެ.

އެއިން ދަތުރުކުރީ ތިން މީހުންނެވެ. ލޯންޗުގައި އަލިފާންރޯވުމާއެކު އެ މީހުން މޫދަށް ފުންމާލާފައިވާކަމަށް މަޢުލޫމާތުލިބެއެވެ. އެމްޓީސީސީގެ އުޅަނދަކުންވަނީ ފަހުން އެމީހުން މޫދުންނަގައި ސަލާމަތްކޮށްފައެވެ. ފަރުވާދިނުމަށްޓަކައި އެމީހުން އައިޖީއެމްއެޗަށް ގެންގޮސްފައިވާއިރު، ފަރުވާއަށްފަހު އެހޮސްޕިތަލުންވަނީ އެ ތިން މީހުންގެ ހާލު ރަނގަޅު ކަމަށް ހާމަކޮށްފައެވެ.

އެ މީހުންނަށް މާބޮޑު ހާނީއްކައެއްވެފައި ނުވާކަމަށާ، ލިބިފައި ވަނީ ކުދިކުދި ހާނީއްކަތަކެއްކަމަށް ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ.

ފުލުހުން ހާމަކޮށްފައިވާގޮތުގައި، މިއަދު 14:30 ހައިރު މި ޙާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއެކު މެރިން ޕޮލިސްގެ ފުލުހުން ވަނީ އެސަރަޙައްދަށް ގޮސްފައެވެ. އޭރު ލޯންޗް އޮތީ މާލެއާއި ފޮނަދުއާ ދެމެދު ހިސާބުގައެވެ.

ލޯންޗުގައި އަލިފާން ރޯވިއިރު 3 ދިވެހިން އެ ލޯންޗުގައި ތިއްބެވެ. އެއީ ލޯންޗުގެ 2 ފަޅުވެރިންނާއި ޓުއަރ ގައިޑެއްގެ ގޮތުގައި މަސައްކަތްކުރާ މީހެކެވެ.

މީގެ ތެރެއިން 2 މީހުން ފިހިފައިވުމާއެކު އެމީހުން ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ.

މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި މި ލޯންޗަކީ މާފުށީ ގެނސްޓް ހައުސް އަކުން ބޭނުން ކުރަމުންދާ ނިރުމާ ކިޔާ ލޯންޗެކެވެ. މި ޙާދިސާގައި ލޯންޗް ވަނީ އެކުގައި އަނދާފައެވެ.

ލޯންޗުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު މެރިން ޕޮލިސް ޑިޕާޓްމަންޓުން ދަނީ އިތުރަށް ތަޙްޤީގު ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.