އިންތިޚާބުގައި ރައްޔިތުން ނިންމިގޮތް ދަމަހައްޓާނަން: ސިފައިން

ސެޕްޓެމްބަރު 23 ވަނަ ދުވަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ރައްޔިތުންވަނީ ގޮތް ނިންމާފައި ކަމަށާއި އެގޮތް ދަމަހައްޓާނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް އާޒިމް މިރޭ ވިދާޅުވީ "ތޭވީސް ސެޕްޓެމްބަރު ދެހާސް އަށާރައިގައި ބޭއްވި އިންތިޚާބުގައި ދިވެހި ލޮބުވެތި ރައްޔިތުންވަނީ ގޮތް ނިންމާފައި. އެ ނިންމުން ސިފައިން ދަމަހައްޓާނެކަން ދިވެހިލޮބުވެތި ރައްޔިތުންނަނަށް ދަންވަން،" ކަމަށެވެ.

ދިވެހި ސިފައިން މިހެން ވިދާޅުވީ އޮންތިޚާބު ބާތިލްކުރުމަށް ކޯޓަށްދާ ވާހަކައާއި ރައީސް ޔާމީން ނަތީޖާ ގަބޫލުފުޅު ނުކުރައްވާ ކަމަށް ބައެއް މީހުން ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުންދާ ވަގުތެއްގައެވެ.

އެހެންނަމަވެސް މިހާތަނަށް އެއްވެސް މުއައްސަސާއަކަށް އެކަން ހުށަހަޅާފައެއް ނުވެއެވެ. އެކަން ކުރަން އުޅޭކަމަށް ޕީޕީއެމްއިން ވެސް އަދި އެޕާޓީގެ އިސްބޭފުޅަކު ވެސް އަދި ވިދާޅުވެފައެއް ނުވެއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.