އިބްރާހީމް މުހައްމަދު ސާލިހު ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ

ކުރިއަށްއޮތް ފަސްއަހަރަށް ރާއްޖޭގެ ވެރިކަމަށް ރައްޔިތުން އިންތިޚާބު ކުރައްވައިފައިވާ އިބްރާހީމް މުހައްމަދު ސާލިހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެން ދެއްވުންއެދި އިންޑިއާގައި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދައުވަތު ދެއްވައިފިއެވެ.

މިއަދުއުވަތު މޯދީއަށް ދެއްވީ އިބްރާހީމް މުހައްމަދު ސާލިހު އިންތިޚާބު ކާމިޔާބު ކުރެއްވުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވުމަށް މޯދީ ގުޅުއްވައި ދެއްކެވި ވާހަކަފުޅުތަކުގެ ތެރޭގައެވެ. މޮދީވަނީ ވީހާވެސް އަވަހަކަށް އިބްރާހީމް މުހައްމަދު ސާލިހް އެގައުމަށް ވަޑައިގެންދެއްވުން އެދި ދައުވަތު ދެއްވައިފައެވެ. އެއަށްފަހު އިބްރާހީމް މުހައްމަދު ސާލިހް ވަނީ އެމަނިކުފާނު ހުވައިކުރެއްވުގެ ރަސްމިއްޔާތަށް މޯދީ ވަޑައިގެންދެއްވުން އެދި ދައުވަތު ދެއްވައިފައި ކަމަށް އިބްރާހީމް މުހައްމަދު ސާލިހުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވިއެވެ.

ނިމިގެން މިދާ ސަރުކާރުގައި ވަނީ އިންޑިއާއާއެކު އޮތް ގުޅުން ވަރަށްބޮޑަށް ހީނަރުވެފައެވެ. އަދި އިންޑިއާއާ ވާދަވެރިން ޗައިނާ ފަދަ ގައުމުތަކާ މިސަރުކާރުން ވަނީ ވަރަށް ބޮޑަށް ގުޅުން ބަދަހިކޮށްފައެވެ.

ޗައިނާގެ ސަރުކާރުން ބުނެފައިވަނީ ރައީސް ޔާމީންގެ ސިޔާސަތުތައް އައު ސަރުކާރުން ދަމަހައްޓާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި މިނިވަން ފިޔަފާރިއާއި އެހެން ބައެއް ކަންކަން ވެސް ކުރިއަށް ގެންދަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.