'ތަގްސް އޮފް ހިންދުސްތާން' ގެ ތަރީންގެ ޓިޒަރ ތައް ޔާޝް ރާޖް ފިލްމްސް އިން އާއްމުކުރަމުން އެބަގެންދެއެވެ. އެގޮތުން ފާތިމާ ސަނާ ޝައިޚް (ޒަފީރާ) އާއި އަމީތާބް ބައްޗަން (ޚުދާ ބަޚްޝް) ގެ ޓިޒަރ މިހާތަނަށް ވަނީ އާއްމުކޮށްފައެވެ. އާމިރް ޚާން އާއި ކަޓްރީނާގެ ޓީޒަރ އަށް ގިނަބަޔަކު އިންތިޒާރު ކުރަމުން ދަނިކޮށް އެ ޓީޒަރ އާއްމުނުކޮށް ފިލްމުގެ ވިލަން ޖޯން ކްލީވްގެ ޓީޒަރ އެއް މިއަދު އާއްމުކޮށްފިއެވެ.
John Clive..not to be confused with Robert Clive..as you can see he is one of the most gentle and kind souls. Loving, caring non violent, and generous. My idol! #JohnClive #ThugsOfHindostan | @yrf | @TOHtheFilm @SrBachchan @fattysanashaikh #KatrinaKaif pic.twitter.com/GBS9XgveEQ
— Aamir Khan (@aamir_khan) September 20, 2018
އާމިރް ޚާން ވަނީ އޭނާގެ ޓުވިޓަރ ގައި ވެސް އެ ޓީޒަރ އާއްމުކޮށް ރޮބަރޓް ކްލީވް އާއި ޖޯން ކްލީވް އޮޅުވާނުލުމަށް ބުނެ ސަމާސާ ޓުވީޓެއް ކޮށްފައެވެ. އޭނާގެ ޓުވީޓުގައި ޖޯން ކްލީވްގެ ކެރެކްޓަރ ސިފަކޮށްފައިވަނީ ހިތްތިރި، މަޑުމައިތިރި ހިތް ހެޔޮ މީހެއްގެ ގޮތުގައެވެ. މިއީ އެ ކެރެކްޓަރ ގެ އަސްލު ސިފަ އާ މުޅީން އިދިކޮޅު ސިފަތަކެވެ. ޖޯން ކްލީވް ކުޅެނީ ވިލަން އެއްގެ ރޯލެވެ.
އާމިރް ޚާން އަކީ އަބަދުވެސް އާދަޔާ ޚިލާފް، މޮޅު ފިލްމު އަދި ތަފަތު ފިލްމު ކުޅޭ ތަރިއެކެވެ. 'ތަގްސް އޮފް ހިންދުސްތާން' ގައި އޭނާގެ ލުކް އަށް ވެސް ގިނަ ބަޔަކު ދަނީ ތައުރީފް ކުރަމުންނެވެ. އަދި އޭނާގެ ޓީޒަރ އަށް ގިނަބަޔަކު ދަނީ އިންތިޒާރުކުރަމުންނެވެ.