ރާއްޖޭގެ ބިމުގައި ފައްޅި އެޅުމަށް އިދިކޮޅު ފަރާތްތަކުން ވަރަށް މަސައްކަތް ކުރަމުންދާ ކަމަށް ރާއްޖޭގެ މަޝްހޫރު އިލްމުވެރިޔާ އަދި ރާއްޖޭގެ ފަތުވާދޭ މަޖިލީހުގެ ރައީސް ފަޟީލަތުއްޝައިޚް މުހައްމަދު ރަޝީދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދަރުބާރުގޭގައި މިރޭ ބޭއްވި "ދީނީ އިލްމުވެރިންނާއި އިސްލާމީ މުފައްކިރުންގެ ބަސް" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. "ހާދަހާ ކަންތައްތަކެއް އަޅުގަނޑުމެންގެ ރާއްޖޭގައި ފައްޅިއެޅުމަށް ހާދަހާ މަސައްކަތެއް އެބަކުރެޔޭ އިދިކޮޅު މީހުން. އެހެންނަމަވެސް މާތްﷲ ގެ ވާގިފުޅާލައިގެން އަޅުގަނޑުމެންގެ ރައީސް ވިދާޅުވީ މިދިވެހިރާއްޖޭގެ ބިމަކު ﷲގެ ވާގިފުޅާލައިގެން އިސްލާމްދީން ފިޔަވައި އެހެންދީނެއްގެ އަސަރެއް ނުބަހައްޓަވާނަމޭ. މިއީ އަޅުގަނޑުމެން އެންމެން އިބްރަތް ލިބިގަނެގެން އެމަނިކުފާނުގެ ފަހަތްޕުޅުގައި ތިބެންވީ އެންމެބޮޑު ސަބަބު،" ޝައިޚް ވިދާޅުވިއެވެ.
ޝައިޚް ވިދާޅުވީ ކުރިއަށްއޮތް ފަސްއަހަރުގެ ދައުރަށް ވެސް ރާއްޖޭގެ ވެރިއަކަށް ބަހައްޓަވަން އެންމެ އެކަށީގެންވަނީ މިހާރުގެ ވެސް ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ އެމަނިކުފާނު އިސްލާމް ދީން ދިފާއު ކުރައްވާތީއެވެ. ރައީސް ޔާމީން ވިޔަވައި ސީޑޯގެ 16 އަދި 18 ވަނަ މާއްދާއާ އިންކާރު ކުރެއްވި ހާކިމެއް ނުވަތަ ވެރިއެއް އަދި ރާއްޖޭގެ ވެރިކަމަށް ވަޑައި ނުގަންނަވާ ކަމަށް ވެސް ޝައިޚް ރަޝީދު ވިދާޅުވިއެވެ.
"މިތާގައި އިސްލާމިކް ޔުނިވަރުސިޓީއެއް އުފެއްދީ ހަމައެކަނި މިހާކިމް. ރާއްޖެ އިސްލާމްވިފަހު 888 އަހަރު ފުރުނުއިރު ގާނޫނެއްގެ ދަށުން އިސްލާމީ ފަތުވާދޭ މަޖިލީހެއް އުފެއްދެވީ އެމަނިކުފާނު. މިހުރިހާ އިސްލާމީ ގައުމުތަކުގައި ހުންނަ އިދާރާއެއް. ދީނަށް ކުރެއްވި ޚިދުމަތްތަކުގެ ތެރޭގައި ގިނަ މިސްކިތްތައް ބިނާކުރެއްވުމާއި ތައުލީމުދޭ ތަންތަން ބިނާކުރެއްވުމާއި ގުރުއާނުގެ އިލްމު ފެތުރުމަށް އެކަމަށް މަގުފަހިކޮށްދިނުމަށް ބިނާތައް އުފައްދަވާފައިވޭ،" ރައީސް ޔާމީނަށް ވޯޓު ދެއްވަންޖެހޭ ސަބަބުތައް ވިދާޅުވެ ދެއްވަމުން ޝައިޚް ވިދާޅުވިއެވެ.
މި ސަބަބުތަކަށްޓަކައި ރައީސްޔާމީނާއި އެމަނިކުފާނުގެ ރަނިންމޭޓް ޑރ. ޝަހީމަށް ވޯޓު ދެއްވުމަކީ ވާޖިބެއް ކަމަށް ފަޟީލަތުއްޝައިޚް މުހައްމަދު ރަޝީދު އިބްރާހީމް ވިދާޅުވިއެވެ.
މޫދުގައި އަޅާފައެހެރެ ބުދުފައްޅިއެޅީ ކާކުގެ ވެރިކަމެއްގައިތޯ؟
idhikolhu myhun anekka nubuneytha mi hoonugadha gaumekey anhenun bikinyga beyrah nikumrveyney firihunun nubalaniyye?
jahaalachey mi comment
hiyaalu faalhukurumuge minivankamaaeku