އިސްލާމީ ދައުވަތަށް މިހާ މިނިވަންކަން ދިން ސަރުކާރެއް އަދި ނާންނަ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިހާރު ކުރިއަށްދާ "ދީނީ އިލްމުވެރިންނާއި އިސްލާމީ މުފައްކިރުންގެ ބަސް" ޖަލްސާއަކަށް ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ޢިލްމުވެރިޔާ ޑރ. އިޔާޒު އަބްދުއްލަތީފަކީ މިސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ވަރުގަދަ ފަހުލަވާނެއް ކަމަށެވެ. އެހެންނަމަވެސް އޭނާގެ އިސްލާމީ ދައުވަތަށް މިސަރުކާރުން އެއްވެސް ހުރަހެއް އަޅުއްވާފައި ނުވާކަމަށެވެ. އެކިފަހަރު އެކި މިސްކިތްތަކުގައި މިހާރުވެސް ބަރާބަރަށް ދަރުސު ދެއްވަމުން ގެންދަވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.
Ehenve dw moonu buruqaa elhi teachers thahves vazeefaain vakikuree...