ކަންކަމުގައި "އަހަރެމެންނަށް ނުދެވޭނެ ހިސާބެއް ނެތް" ކަމަށް ރައީސުކްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ރަންވޭ ހުޅުވުމާއި ދިވެހި ގައުމީ ފުޓުބޮޅަ ޓީމު ހޯދި ކާމިޔާބަށްޓަކައި އެޓީމަށް މަރުހަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުނެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ފަންވަރާއި ޒުވާނުންގެ ހިތްވަރުން ނުދެވޭނެ އެއްވެސް ހިސާބެއްނެތް ކަމަށެވެ. ފުޓުބޯޅަ ދަނޑުގައި ކަމަށްވާނަމަ އައްސަދު ނުވަތަ އަކުރަމް ޒުވާނުންނާއެކު ހުންނަވާނެ ކަމަށާއި މުޅިގައުމަށް ނިސްބަތްކުރާއިރު ކައްޕިއެއްގެ ގޮތުގައި އެމަނިކުފާނު ހުންނަވާނެ ކަމަށް ވިދާޅުވިއެވެ.
"ޒުވާނުންނަށް އަޅުގަނޑު ދޭ ހިތްވަރަކީ ޒުވާނުން ކަމަކާ ކުރިމަތިލައިފި ކަމަށްވަންޏާ އަދި މިސަރުކާރު އޮތިއްޔާ ޒުވާނުންގެ ކަންކަމަށް ހިތްވަރުދޭނެޔޭ. ކުޅިވަރު ވިޔަސް އަދި އެހެން ކަންކަމަށްވިޔަސް ޒުވާނުންގެ ތަރުބިއްޔަތަށް އަޅުގަނޑުމެން ހިތްވަރުދެމޭ. ދެބައި މީހުންގެ ޕާޓްނަރޝިޕެއްމިއީ. ޒުވާން ކުދިންގެ ހިތްވަރާއި ރައީސް ޔާމީންގެ ފަންވަރާއެކީ ހާސިލް ނުކުރެވޭނެ އެއްވެސް ކަމެއްނެތް" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ކޮންމެ ކަމަކީވެސް އެޕާޓްނަރޝިޕްގައި ކުރިއަށްދާ ކަމަށްވަންޏާ ޒުވާނުންނާއި އެމީހުންގެ މައިންބަފައިންނަށް އުފާވެރިތަނަކަށް ރާއްޖެ ނެހެދެންވީ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ގިނަކަންކަން ހުރީ ޒުވާނުންގެ އަތްމަތީގައި ކަމަށެވެ. "ފުޓުބޯޅަ ދަނޑުގައި ކަމަށްވާނަމަ އައްސަދު ނޫނީ އަކުރަމް، މުޅިގައުމުގައި ވެއްޖެއްޔާ ކައްޕިއެއްގެ ގޮތުގައި ރައީސް ޔާމީން ތިޔަކުދިންނާއެކީ މަސައްކަތްކޮށްދޭނެ. އިރާދަ ކުރެއްވިއްޔާ އަހަރެމެންނަށް ނުދެވޭނެ ހިސާބަކީ ނެތް ހިސާބެއް،" ރައީސް ވިދާޅުވިއެވެ.