ތަކޫވަކަކީ ދިވެހި ބޭހަށާއި ކާއެއްޗެހީގެ ރަހަ ރަނގަޅު ކުރުމަށް ބޭނުންކުރާ ބާވަތެކެވެ. ކާނާގެ ތަފާތު ބަވަތްތައް ތައްޔާރު ކުރުމަށް ތަކޫވައް ބޭނުނު ސޫޕް އާއި އެއްގަމު މަހުގެ ބާވަތްތަކާއި އެކިކަހަލަ ފޮނިކާ ތަކެއްޗަށް ތަކޫވަކުން މީރު ރަހައެއް ގެނެސްދެއެވެ. ތަކޫވަކަކީ ހަމައެކަނި ބޭސްވެރިކަމާއި ކާނަގެ ބާވަތްތައް ތައްޔާރު ކުރުމަށް ބޭނުންކުރާ ބާވަތެއް ނޫނެވެ. ތަކޫވަކު ތެލުން ރީތިވުމާއި ސިއްޙީ އެތަކެއް ފައިދާއެއް ލިއްބައިދެއެވެ.
ތަކޫވަކުގައި މެގްނީޒިއަމާއި މެންގަނީޒް އާއި ކޮޕަރ އަދި ވިޓަމިން ބީ1 އަދި ބީ 6 ހިމެނެެއެވެ. ތަކޫވަކުގެ ފައިދާ އާއެކު އެއީ ހަންގަނޑަށް ކިހައި ރަނގަޅު އެއްޗެއްކަން އެނގުން ވަރަށް މުހިއްމެވެ. ނަޓްމެގުން ހަމުގައި ހުންނަ ލައް ފިލުވައިދީ މޫނުގެ ހަމުގެ ކުލަ މީޒާން ކޮށްދެއެވެ. އަލްޓްރާ ވައިލެޓް ރޭއިސް އާއި ޕިގްމެންޓޭޝަން އަދި ހޯމޯނަށް އަންްނަ ބަދަލުގެ ސަބަބުން ހަންގަނޑުގައި ކަޅު ލަތާއި ފްރެކްލްސް ނަގައެވެ.
ތަކޫވަކު ޕެކް ތައްޔާރުުކުރާނެ ގޮތް
ބޭނުންވާނެ ބާވަތްތައް:
ތަކޫވައް (ހިމުންކޮސްފައި)
ލުނބޯ ހުތް
ޔޯގަޓް
ތައްޔާރުކުރާނެ ގޮތް:
ބޯތަށްޓެއްގައި ތަކޫވަކާއި، ލުނބޯ ހުތް އަދި ޔޯގަޓް އެއްކުރާށެވެ. މާސްކް ތައްޔާރު ކުރެވުމުން އޭގެ ފަށަލައެއް މޫނުގައި އުނގުޅައި ދިހަވަރަކަށް މިނިޓު ބެހެއްޓުމަށްފަހު ފިނިފެނުން ދޮންނާށެވެ. އެއަށްފަހު މޫނުގައި މޮއިސްޗަރައިޒަރ އެއް އުނގުޅާށެވެ. މި ފަރުވާ ހަފްތާއަކު މަދުވެގެން ތިން ފަހަރު ތަކުރާރު ކުރުމުން ވަރަށް އަވަހަށް ބަދަލު ފެންނާނެއެވެ.
ތަކޫވަކަކީ މަރުވެފައި ހުންނަ ހަމުގެ ސެލްތައް ފިލުވަން ވެސް ވަރަށް ރަނގަޅު އެއްޗެކެވެ. ބަދިގޭގައި އާއްމުކޮށް ބޭނުންކުރާ ބަވަތްތަކާއި އެކު ޕޭސްތް ނުަވތަ ޕެކް ތައްޔާރުކޮށްގެން ބެނުންކުރުމުން މަރުވެފައި ހުންނަ ސެލްތައް ފިލައި ހަންގަނޑު މަޑުވެ އޮމާންވެ ހަނގަނޑަށް ދިރުން ގެނެސްދެއެވެ.
އެކްސފޯލިއޭޓިން ފޭސްޕެކް ތައްޔާރު ކުރަނެ ގޮތް
ބޭނުންވާނެ ބާވަތްތައް:
ރޯ މާމުއި
ބޭކިންގ ސޮޑާ
ކަރަންފޫ ތެޔޮ
ތަކޫވައް
ލުނބޯ ހުތް
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ މާމުޔާއި ބޭކިން ސޮޑާ ރަނގަޅަށް އެއްކުރާށެވެ. ދެން އޭގެ ތެރެއަށް ކަރަންފޫ ތެޔޮ އަޅައި ޕޭސްތް ތައްޔާރު ކުރާށެވެ. ޕޭސްޓްގެ ތެރެއަށް ލުނބޯ ހުތާއި ތަކޫވައް އަޅައި ރަނގަޅަށް އެއްކުރުމަށް ފަހު ހަންގަނޑުގައި އުނގުޅައި މަދުވެގެން 2 މިނިޓްވަންދެން މަސާޖް ކުރާށެވެ. މޫނުގެ ހަންގަނޑަށް ތަކޫވަކުގެ އަސަރު ފޯރުމުން ކުޑަކޮސް ހިރުވާގޮތް ވާނެއެވެ. ދެ މިނިޓް ފަހުން ހިހޫ ފެނުން މޫނު ދޮވެ ހިއްކާށެވެ.
ތަކޫވަކަކީ ތެޔޮ ހަންގަނޑަށް ވެސް ވަރަށް ރަނގަޅު ބާވަތެކެވެ. ތެޔޮ ހަންގަނޑު ހުންނަ ނަމަ އެއީ ހަމުގައި ހުންނަ ލޯވަޅުތައް ނުވަތަ ވިދިތައް މާ ބޮޑުުވުމުންނެވެ. ތަކޫވައް ބޭނުންކުރުމުން މިވިދިތައް ކުޑަވެ ހަނގަނޑު ދުޅަހެޔޮ ވެއެވެ. ތަކޫވަކުގައި ޖަރާސީމު ނައްތާލުމުގެ ބާރުވެސް ހުރެއެވެ. އޭގެ ސަބަބުން އޮށާޅަ ނެގުމުން ހަންގަނޑު ރައްކާތެރިކޮށްދެއެވެ.
ތެޔޮ ހަންގަނޑަށް ބޭނުންވާ ފޭސްޕެކް ތައްޔާރުކުރާނެ ގޮތް
ބޭނުންވާނެ ބާވަތްތައް:
ތަކޫވައް (ހިމުންކޮށް މުގުރާފައި)
މާމުއި
ތައްޔާރުކުރުާނެ ގޮތް:
މި ދެބާވަތް އެއްކުރުމަށް ފަހު ހަންގަނޑުގައި އުނގުޅައި ދިހަ މިނިޓްވަންދެން ބަހައްޓާށެވެ. ދެން ހިހޫ ފެނުން މޫނު ދޮވެލާށެވެ. އޮށާޅައިން މޫނު ރައްކަތެރިކޮށް ދޭނެއެވެ.
ތަކޫވަކަކީ އޭގެ ޒާތުގައި އެންޓި-އޮކްސިޑެންޓް އާއި ޒުވާންކަން ދަމަހައްޓާ މާއްދާއެއް ހުރެއެވެ، ބައެއްފަހަރު ހަންގަނޑުގެ ސެލްތައް މަރުވުމުން އުމުރަށްވުރެ ދުވަސްވެފައިވާ ކަމަށް ދައްކައެވެ. މަރުވެފައި ހުންނަ ސެލްތަކުގެ ސަބަބުން އުފެދޭ އޮކްސިޑޭޓިވް ސްޓްރެސްގެ ސަބަބުން ހަންގަނޑުގައި ރޫ ޖެހެއެވެ. މިކަމަށް ހައްލެއް ނުވަތަ ފަރުވާ އެއްގެ ގޮތުގައި ތަކޫވައް ބޭނުންކުރެވިދާނެއެވެ.
ޒުވާންކަން ދެެމެހެއްޓުމަށް ބޭނުންކުރާނެ ފޭސްޕެކް ތައްޔާރުކުރުާނެ ގޮތް
ބޭނުންވާނެ ބާވަތްތައް:
ތަކޫވަކު ޕައުޑަރު
ޔޯގަޓް
މާމުއި
ތައްޔާރުުކުރާނެ ގޮތް:
މާމުޔާއި ތަކޫވަކު ޕައުޑަރު އަދި ޔޯގަޓް އެއްކޮށް ޕޭސްޓް ތައްޔާރުކުރާށެވެ. ޕޭސްޓް ތައްޔާރު ކޮށް މޫނުގައި އުނގުޅުމަށް ފަހު ދިހަ މިނިޓް ބަހައްޓާށެވެ. ދެން ފިނިފެނުން މޫނު ދޮންނާށެވެ.
ހަންގަނޑަށް ބަދަލު އައިސް ރީތިކަން ދެމެހެއްޓޭނީ މިއިން ކޮންމެ ފަރުވާއެއްވެސް އާދަވެގެން ދެވޭނަމަ އެވެ.
މައުލޫމާތު: އެންޑީޓީވީ.ކޮމް
https://islamqa.info/en/39408
Takuvvakkakee haraam ehcheh kamah fathuvaa dhevvaa.