އަންގާރަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ހަމަޖައްސަވައިފި

ފޮޓޯ: www.saffchampionship.org

18 ސެޕްޓެންބަރު ވާ އަންގާރަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ. ބަންގާޅުގައި ކުޅުނު މެޗަށްފަހު ގައުމީ ޓީމު މާލެ އައުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުއެވެ. އަންގާރަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭގެ ގައުމީ ޓީމު ހޯދާފައިވާތީ، ޓީމަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ކަމަށް ރައީސް އޮފީހުގެ ވެބްސައިޓުގައި އާއްމުކުރައްވާފައިވާ ދެންނެވުމުގައި ވެއެވެ. 

ރައީސް އޮފީގެ ވެބްސައިޓުގައި އާއްމުކުރެއްވި ނޫސް ބަޔާން:

https://presidency.gov.mv/pressReleases/4075

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.