އިނގިރޭސި ޕްރިމިޔަރލީގްގައި ރޭ ލިވަޕޫލް އާއި ވަޓްފޯޑް ބައްދަލުކުރިމެޗް ލިވަޕޫލް ކާމިޔާބުކޮށްފިއެވެ.
ލިވަޕޫލްގެ އެންފީލްޑްގަ ކުޅުނު މިމެޗް ވަޓްފޮޑްގެ މައްޗަށް ލިވަޕޫލް ކުރިހޯދީ ދޭއް ސުމެއްގެ ނަތީޖާއަކުންނެވެ. މެޗްގައި ލިވަޕޫލަށް ގޯލް ހުޅުވާލަދިނީ ތިރީސް ފަސްވަނަ މިނެޓް ތެރޭގައި އެލެން އެވެ. ލިވަޕޫލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ރޮބޭތޯ ފިރްމީނޯއެވެ.
އިނގިރޭސި ޕްރިމިޔަރލީގްގައި ރޭ މެންޗެސްޓަރ ސިޓީ އާ އާސެނަލް ބައްދަލުކުރި މެޗް ނިމުނީ ދޭއް ދޭއްގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އަދި ސްޕަރސް އާ ސަދަމްޓަން ބައްދަލުކުރިމެޗް ދޭއް އެކެއްގެ ނަތީޖާއަކުން ކާމިޔާބުކުރީ ސަދަމްޓަންއެވެ.