ލ. ގަމު ތުނޑީ އަވަށުގެ ޕެޓްރޯލް ޝެޑު ކައިރީން ތިންމީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކުރުމަށްފަހު ފިލައިގެން އުޅުނު މީހަކު ފުލުހުން އަތުލައިގެންފިއެވެ.
ފުލުހުން ވިދާޅުވީ މިމައްސަލާގައި ބަންދު ކޮށްފައިވަނީ އުމުރުން 23 އަހަރުގެ މީހެއް ކަމަށެވެ.
އެމީހާ އަތުލައިގެންފައިވަނީ ފުލުހުންގެ އިންޓެލިޖެންސާއި ގަން ޕޮލިސް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މިއަދު ހެނދުނު 9:55 އެހައިކަންހާއިރު އެވެ. އޭނާ އަތުލައިގެންފައިވަނީ ގަމު މުކުރިމަގު ވަލުތެރެއިން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އޭނާ ހަމަލާދީން ތިން މީހުންގެ ހާލަތާ މެދު ފުލުހުން އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.