ރިޔާސީ ބަހުސްގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ "ރިޔާސީ ބަހުސް 2018" ގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމްގެ ނައިބު ރައީސް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއްރަޙީމް (އަދުރޭ) ވިދާޅުވީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީން އިންތިޒާމުކޮށް ޕީއެސްއެމުން ވަގުތުން ދުރަށް ދައްކާ ރިޔާސީ ބަހުސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޔާމީނަށް ދެއްވާފައިވާ ދައުވަތު އެމަނިކުފާނު ގަބޫލުފުޅު ކުރައްވައިފި ކަމަށެވެ.

ސެޕްޓެމްބަރު މަހު ގައުމީ ޔުނިވާސިޓީ އާއި ޕީއެސްއެމް ގުޅިގެން ބާއްވާ ރިޔާސީ ބަހުސް ބާއްވާނެ ސީދާ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ފެށިގެން ގައުމީ ޔުނިވާސިޓީ އާއި ދައުލަތުގެ މީޑިޔާ ގުޅިގެން ބާއްވަމުން އަންނަ ރިޔާސީ ބަހުސް ވެފައި ވަނީ ވަރަށް ފޯރިގަދަ ބަހުސަކަށެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ އެންމެ ދެ ކެންޑިޑޭޓެވެ. އެއީ ޕީޕީއެމްގެ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީން އާއި ގުޅިފައިވާ ކޯލިޝަނުން ނެރެފައިވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުޙަންމަދު ސޯލިޙް (އިބޫ) އެވެ. ރައީސް ޔާމީނަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް ރިޔާސީ ބަހުސްގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅެކެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.